ނ.މާފަރު ކައުންސިލްގެ ބައި- އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފި

އިބްރާހީމް ރާމިޒް

maafaru

ނ. މާފަރު ކައުންސިލުން ހުސްވެފައިވާ ގޮނޑިއަށް މެންބަރަކު އިންތިޚާބު ކުރުމަށް ބާއްވާ ބައި-އިލެކްޝަން 2012 މާރޗް 17 ވާ ހޮނިހިރު ދުވަހު ބާއްވާގޮތަށް އިލެކްޝަންސް ކޮމިޝަނުން ހަމަޖައްސައި އެކަން އިއްޔެ އިޢުލާނުކޮށްފިއެވެ .

މާފަރު ކައުންސިލުން ހުސްވެފައިވާ ކައުންސިލް މެންބަރުކަމުގެ މަޤާމަށް މެންބަރަކު އިންތިޚާބުކުރުމަށް ބާއްވާ ބައި- އިލެކްޝަނަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުގެ އެޕްލިކޭޝަން ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މި ފެބްރުއަރީ 1 ވާ ބުދަ ދުވަހުގެ ހެނދުނު 9:00 ން ފެށިގެން 2012 ފެބްރުއަރީ 14 ވާ އަންގާރަ ދުވަހުގެ ހަވީރު 3:00 އާ ހަމަޔަށް ހުކުރު ދުވަސް ފިޔަވައި ކޮންމެދުވަހަކު ހެނދުނު 9:00 ން ހަވީރު 3:00 އާ ހަމައަށް ކަމަށާއި، . ހުކުރު ދުވަހު ފޯމު ދޫކުރުމާއި ބަލައިގަތުމަށް ހަމަޖެހިފައިވަނީ މެންދުރުފަހު 2:30 ން ހަވީރު 5:00 އަށް ކަމަށް ވެސް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ.

ފޯމު ދޫކުރުމާއި ބަލައިގަތުން އޮންނާނީ އިލެކްޝަންސް ކޮމިޝަނުގެ 5 ވަނަ ފަންގިފިލާގައެވެ.

އިލެކްޝަންސް ކޮމިޝަނުގެ އިޢުލާން ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ