ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމެޓީއަށް ހިއުމަންރައިޓްސް ކޮމިޝަން ޙާޒިރުކޮށް ލައިވުކޮށް ސުވާލުކުރަމުން ދަނިކޮށް އެމް އެން ބީ ސީގެ ކެމަރާގެ ކޭބަލް ބުރިކޮށްލައިފި

ފަހަލަސައީދު

ރާއްޖޭގެ ރައްޔިތުންގެ ޢަދުލުއިންޞާފް ގެދާއިރާ މިނިވަން ކުރުމަށް ދައުލަތުގެ އެންމެ އިސްވެރިޔާ އަޅުއްވާފައިވާ ފިޔަވަޅުގެ ދަށުން ގައުމީސަލާމަތަށްޓަކާ އެކަހެރި ކުރެވިފައިވާ ކްރިމިނަލްކޯޓުގެ އިސްގާޒީގެ ހައްޔަރާބެހޭގޮތުން ޕީޕީއެމާއި، ޑީޢާރުޕީ އިން ހުށަހެޅިމައްސަލަޔަކާ ގުޅިގެން މިއަދު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ މިނިވަންމުވައްސަސާ ތަކާ ބެހޭ ކޮމެޓީގައި ހިޔުމަންރައިޓްސް ކޮމިޝަނާ ސުވާލުކުރަމުންދަނިކޮށް އެމްއެންބީސީ ގެ ކެމަރާގެ ކޭބަލް ބުރިކޮށްލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީދާއިރާގެ މެންބަރު އިލްހާމު އަހުމަދާއި، ނިލަންދޫ ދާއިރާގެ މެންބަރ މުހުސިނުކަމަށް އެ ކޮމިޓީ ހިނގަމުންދާ މާލަމުގައި ޙަރަކާތްތެރިވަމުންދާ އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުން މަޢުލޫމާތުދެއެވެ.

މިކޭބަލް ބުރިކުރީ މި ބައްދަލުވުން ލައިވު ކުރަމުންދަނިކޮށެވެ. އޭރު އެމްޑީޕީގެ މެންބަރުން ވަނީ ޢަބްދުﷲ ގާޒީ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިއުން ދިފާއުކޮށް ވާހަކަދައްކަވަމުންނެވެ. މި ބައްދަލުވުމުގައި ހިއުމަންރައިޓްސް ކޮމިޝަނުގެ ރައީސާ މަރިޔަމް އަޒުރާ ވިދާޅުވީ އަދުލު އިންސާފު ލިބުމުގައި މައްސަލަތަކެއް އެބަހުރި ކަމަށާއި، އެ މައްސަލަތައް ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާފައިވާ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުގެ ނުފޫޒު އޮންނަ ރައްޔިތުންގެ މަޖިލީހުގެ ސީސީޓީ ކެމަރާތަށްވެސް ވަނީ ނިވާލާ މިކަންސިއްރު ކުރުމަށް ބާރުއަޅުއްވާފައިވާކަން ވަނީ ފާގަކުރެވިފައެވެ.

އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންވަނީ އެމްއެންބީސީގެ ކޭބަލް ބުރިކޮށްލި މައްސަލަ ފުލުހުންނަށް ހުށަހަޅާފައެވެ.