ފޮޓޯ: މަންދީ ޒުބައިރު
މޫކައި ސްއިޓްސް ގައި މިމަހުގެ 23 ން ފެށިގެން 27 ގެ ނިޔަލަށް ބޭއްވި މި ކާމިޔާބު ވޯރކްޝޮޕަކީ އިނގިރޭސި ވިލާތުގެ ވެރިކަންކުރާ ކޮންޒަރވޭޓިވް ޕާޓީގެ ހިލޭ އެހީގެ ދަށުން އެމްޑީޕީގައި ޒުވާން ސިޔާސީ ލީޑަރުން ބިނާކޮށް ކެމްޕެއިން މެނޭޖަރުން އުފެއްދުމަށް ބޭއްވި ވޯރކްޝޮޕެއް.
މި ވޯރކްޝޮޕް ހިންގެވުމަށް މާލެވަޑައިގެންނެވި ކޮންޒަރވެޓިވް ޕާޓީގެ ޔޫތު ވިންގ ގެ ރައީސް ރިޗަރޑް އެން ޖެކްސަން އާއި އެ ޕާޓީގެ ޕާލަމެންޓް މެންބަރު އެންޑްރޫ ސްޓެފެންސަން މާލޭގައި މިހާރު ހިންގަމުންދާ ޣައިރު ގާނޫނީ މުޒާހަރާތައް ބައްލަވާލެއްވުމަށް ވަޑައިގަތުމުން އެބޭފުޅުންނަކީ ބޭރުން މި މުޒާހަރާ އޮބްޒަރވްކުރުމަށް ފޮނުވި ބައެއް ކަމަށް ޕީޕީއެމްގެ އަޙުމަދު މަޙްލޫފް ވިދާޅުވި. އަދި ސަން އޮންލައިނުންވެސް ވަނީ އެބޭފުޅުންގެ ފޮޓޯ ޖަހައި މިގޮތަށް ޚަބަރު ފަތުރާފައި.