ފޮޓޯ: އެމްޑީޕީ ނައިފަރު ހަރުގެ
އެމްޑީޕީގެ އުތުރު ޕްރޮވިންސްގެ ރައީސް ނައިފަރުގެ އެމްޑީޕީގެ ބައެއް އިސް މެންބަރުންނާއި ބައްދަލުކޮށް ދެއްކެވި ވާހަކައިގައި، އެމްޑީޕީން ޖުޑީޝަރީ މިނިވަންކުރުމަށް ކުރާ މަސައްކަތަށް ހިއްވަރު ދިނުމުގެ ގޮތުން ނައިފަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ “ޗަހެއްނެއް ނުކިޔޭނެ” ހިނގާލުމާއި، ބުރާސްފަތި ދުވަހުގެރޭ އެރަށުގައި އެމްޑީޕީގެ ޖަލްސާއެއް ބޭއްވުމުގެ އިންތިޒާމް ކުރިޔަށް ގެންދާތީ ވަރަށް އުފާކުރައްވާ ކަމަށް ވިދާޅުވި. މި ބައްދަލުވުން އޮތީ މިއަދު ހެނދުނު ނައިފަރު އެމްޑީޕީ ހަރުގޭގައި.