ރަށްރަށުން ސަރުކާރުގެ ސިޔާސަތުތަކަށް އޮތް ތާޢީދު ކެނޑިނޭޅި ހާމަކުރަމުން ގެންދަނީ

އިބްރާހީމް ރާމިޒް

ސަރުކާރާއި މެދު ސާބިތު ނުހިފޭ ދޮގު ވާހަކަދައްކާ ފަރާތްތަކާއި މެދު ފިޔަވަޅުއެޅުމަށާއި، އަދުލު އިންސާފުގެ ދާއިރާ މިނިވަންކުރުމަށް ސަރުކާރުން ކުރާ މަސައްކަތަށް ވަރަށް ގިނަ ކައުންސިލްތަކުންނާއި، ދާއިރާތަކުންނާއި، އެމްޑީޕީގެ ގޮފިތަކުންނާއި ބައެއް މަދަނީ ޖަމިއްޔާތަކުން ތާޢީދުކުރާކަން ކެނޑިނޭޅި ހާމަކުރަމުން އެބަގެންދެއެވެ.

ރެ އާއި މިއަދުވެސް ސަރުކާރުގެ ސިޔާސަތުތަކަށް ތާޢީދުކޮށް ރަށުކައުންސިލްތަކުންނާއި، އެމްޑީޕީގެ ދާއިރާތަކުންނާއި ގޮފިތަކުން ވަނީ ނޫސް ބަޔާނާއި، ޤަރާރުތައް ނެރެފައެވެ.

އަތޮޅު ތެރެއިން އެމްޑީޕީގެ ސަރުކާރަށް ތާޢީދުކުރާކަން ހާމަކުރަމުންދާއިރު، އެމްޑީޕީން އިއްޔެވަނީ ސަރުކާރުގެ ސިޔާސަތުތަކަށް ތާޢީދުކޮށް، ޝަރުޢީ ދާއިރާ މިނިވަންކުރުމަށް ބޮޑު މުޒާހަރާއަކަށް ތައްޔާރުވުމަށް ގޮވާލާފައެވެ. މި މުޒާހަރާ ބާއްވާ ވަކު ދުވަހެއް އަދި އިޢުލާންކޮށްފައި ނުވި ނަމަވެސް ރަށްރަށުން ވެސް މި މުޒާހަރާގައި ބައިވެރިވާނޭ ކަމަށް އެމްޑީޕީން މަޢުލޫމާތު ދެއެވެ.

ސަރުކާރުގެ ސިޔާސަތަށް ތާޢީދުކޮށް ރެ އާއި މިއަދު އެމްޑީޕީގެ މައި އިދާރާއަށް ލިބިފައިހުރި ނޫސް ބަޔާންތައް ތިރީގައި މިވަނީއެވެ.

އއ.އުކުޅަސް ކައުންސިލްގެ ނޫސް ބަޔާން

ކ.ދިއްފުށީ ކައުންސިލްގެ ނޫސް ބަޔާން

ތ.ދިޔަމިގިލި ކައުންސިލްގެ ނޫސް ބަޔާން

ހެންވޭރު ދެކުނު ދާއިރާގެ ނޫސް ބަޔާން

ކ.ގުރައިދޫ އެމްޑީޕީ އޮފީހުގެ ނޫސް ބަޔާން

ދ.މީދޫ ކައުންސިލްގެ ނޫސް ބަޔާން

ކޮމަންޑޫ ކައުންސިލްގެ ނޫސް ބަޔާން

ވެލިދޫ އެމްޑީޕީ ހަވަރުއަޑު ގޮފީގެ ނޫސް ބަޔާން

ޏ.ފުވައްމުލަކު އެމްޑީޕީ ދަޑިމަގު ފަންނު ގޮފީގެ ނޫސް ބަޔާން