ތިޔަހެނެއް ނުކިޔޭނެ އަދި ތިކަމެއް ނުވާނެ މިނަމުގައި ރ. އިންނަމާދޫ ގައި އެމްޑީޕީގެ ބޮޑު ޖަލްސާއެއް ބާއްވައިފި

އިބްރާހީމް ރާމިޒް

picture-037

އެމްޑީޕީގެ ފަރާތުން މިހާރު ސިލްސިލާކޮށް ކުރިޔަށް ގެންދާ “ތިޔަހެނެއް ނުކިޔޭނެ” ސިލްސިލާގެ ޖަލްސާއެއް ރޭ ރ. އިންނަމާދޫ ބަނދަރު ސަރަހައްދުގައި ބާއްވައިފިއެވެ.

އެމްޑީޕީ އިންނަމާދޫ އުއްމީދީ ގޮފިން އިންތިޒާމްކޮށްގެން “ތިޔަހެނެއް ނުކިޔޭނެ – އަދި ތިޔަކަމެއް ނުވެސް ވާނެ” މިނަމުގައި ރޭ 9.00 ޖެހިއިރު ބޭއްވި ޖަލްސާގައި ރ. އިންނަމާދޫ ގިނައަދަދެއްގެ ރައްޔިތުންގެ އިތުރުން ރ. އަތޮޅުގެ ވަރަށް ގިނަރަށްރަށުގެ އެމްޑީޕީގެ މެމްބަރުންނާއި ސަރުކާރުގެ ސިޔާސަތަށް ތާއީދުކުރާ ވަރަށް ގިނަ ފަރާތަކުން ބައިވެރިވިއެވެ. 400 އެއްހާ މީހުން ހާޒިރުވި މި ޖަލްސާގައި ވަރަށްގިނަ ބޭފުޅުން ވާހަކަދައްކަވާ ޝުޢޫރު ފާޅުކުރައްވާފައިވާއިރު، މައިގަނޑު ގޮތެއްގައި ހުރިހާ ބޭފުޅުންގެ ވާހަކަތައްވެސް އަމާޒުވެފައިވަނީ ޖުޑިޝަރީ މިނިވަންކުރުމަށާއި، ސަރުކާރުން މިކަމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކަށް ފުރިހަމަޔަށް ތާއީދު އޮތްކަން ހާމަކުރުމުގެ މައްޗަށް ކަމަށް އިންނަމާދޫ އުއްމީދު ގޮފިން ބުނެއެވެ.

picture-0291

މީގެ އިތުރުން ރައްޔިތުންގެ ލާބަޔާއި މަންފާއަށްޓަކައި، އަދި ޤައުމުގެ ތަރަށްޤީއަށްޓަކައި ރައީސް ނަޝީދުގެ ސަރުކާރުން ކޮށްދެއްވަމުންގެންދަވާ ގިނަގުނަ މަސައްކަތްޕުޅުތައް ހުއްޓުވާ، ޤައުމު ފަޤީރުކުރުމަށާއި، ލޭއޮހޮރުމަށް ގޮވާލައި، ދާޚިލީ ހަނގުރާމައެއްގެ ތެރެޔަށް މި ރާއްޖެ ވައްޓާލުމަށްޓަކައި، އިދިކޮޅު ފަރާތްތަކުން ހިންގަމުންގެންދާ ޚިޔާނާތްތެރި ބަޢާވާތް، މި ޖަލްސާގައި ވާހަކަދެއްކެވި ބޭފުޅުން ވަނީ ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށްފައެވެ. އަދި މި ބަޢާވާތް މި ހިނދުން މިހިނދަށް ހުއްޓުވުމަށް ދިވެހިރާއްޖޭގެ ސަރުކާރަށާއި ދިފާއީ ބާރުތަކަށް ވެސް އެފަރާތްތަކުން ވަނީ ގޮވާލާފައެވެ.

ދިވެހި ރައްޔިތުންގެ ނަމުގައި އެމް އެމް އޭ ސަރަހައްދުގައި ދިހަ ބާރަ ސިޔާސީ ޕާޓީގެ ވިހި، ތިރީސް ސިޔާސީ ލީޑަރުން ތިއްބަވައިގެން އެންމެ 150 އެއްހާ މީހުން އެއްކޮށްގެން އެލަވާ ހަޅޭކަށް އެއްވެސް މިންވަރަކަށް އިޖާބަ ނުދިނުމަށް ގޮވާލާފައިވާއިރު 2013 ގެ ރިޔާސީ އިންތިޚާބުގައި މުޅި ރ. އަތޮޅުގެ %65 ގެ ބޮޑު އަޢުލަބިއްޔަތެއް ރައީސް ނަޝީދަށް ހޯދައިދީ ބޮޑު ތަފާތަކުން އިދިކޮޅު ފަރާތްތައް ބަލިކުރާނެ ކަމުގައިވެސް މި ޖަލްސާގައި ވާހަކަދެއްކެވި ގިނަ ބޭފުޅުން ވަނީ ވިދާޅުވެފައެވެ.