އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދު އާންމުކޮށްފި

އިބްރާހީމް ރާމިޒް

އެމްޑީޕީގެ އިސްތިއުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދު އާންމު ކޮށްފިއެވެ.

މި ޖެނުއަރީ މަހުގެ 30 ވަނަ ދުވަހުން ފެށިގެން އަމަލުކުރުމަށް ހަމަޖެހިފައިވާ މި ގަވައިދުގައިވާ ގޮތުން ޕާޓީގެ އަސާސީ ގަވައިދުގައި ކަން އޮތް ގޮތާމެދު ޚިލާފް އުފެދޭ މުހިންމު މައްސަލަތަކުގައި އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ލަފައަކަށް އެދި ޕާޓީގެ ގުނަވަނަކުން ހުށަހަޅާ މައްސަލައަކާ މެދު ލަފާދިނުމުގެ އިޙްތިސާސް އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހަށް ލިބިގެންވެއެވެ.

މީގެ އިތުރުން އެ މަޖިލީހަށް ހުށަހަޅާ މައްސަލަތަކާއި ޚިލާފްތައް ބަލާނީ އެ މައްސަލައެއް ނުވަތަ ޚިލާފެއް އުފެދުނު ތާރީޚުން ފެށިގެން ސަރުކާރު ބަންދު ދުވަސްތައް ހިމަނައިގެން 90 ދުވަހުގެ ތެރޭގައި އެމަޖިލީހަށް ހުށަހަޅާ މައްސަލަތައް ކަމަށް ވެސް އެމްޑީޕީގެ އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދުގައިވެއެވެ.

އެމްޑީޕީގެ އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހުގައި ތިއްބަވަނީ ޖުމްލަ 10 މެންބަރުންނެވެ. އެ މަޖިލީހުގެ ރައީސާ އަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްެރެޓަރީ ފަރީޝާ ޢަބްދުﷲ އެވެ.

އެމްޑީޕީ އިސްތިޢުނާފް ފަނޑިޔާރުންގެ މަޖިލީހުގެ ގަވައިދު ވިދާޅުވުމަށް މިލިންކަށް ފިއްތަވާލައްވާ