ނޫސް ބަޔާން: އެމްޑީޕީ ދެއްވަދޫ ގޮފީގެ ނޫސް ބަޔާން

mdp-logo-150-x-157

މިހާރަކަށް އައިސް އިސްލާމް ދީން ޙިމާޔަތް ކުރުމުގެ ނަމުގައި އިދިކޮޅު ޕާޓީތަކުން ހުއްޓުމެއްނެތި މާލެ ތެރޭގައި ކުރަމުންދާ މުޒާހަރާތަކުގައި ގިނައަދަދެއްގެ މީހުންގެ މުދަލަށާއި ތަކެއްޗަށް އެކިވަރުގެ ގެއްލުންދީ، މީސްމީހުންގެ ފުރާނަޔަށް ނުރައްކާވާ ހިސާބަކަށް ގޮސް މުޅި ޤައުމު ހަލަބޮލިކޮށް މިި ރާއްޖޭގެ ސާފު ވެށި ކިލަނބުކޮށް ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާޢިދާއި ޚިލާފް ޖަރީމާތައް މެދުކެނޑު މެއްނެތި ހިންގަމުންދާ ދިއުމަކީ ދިވެހި މި ފަސްގަނޑަށް ނޭވާލާ އެއްވެސް ދަރިއަކު ދެކެން ބޭނުންވާ މަންޒަރުތަކެއް ކަމަށް ނުވާހިނދު، މިކަން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް މިފަަދަ ހައްދު ފަހަނަޅައިދާ ކޮންމެ ޢަމަލަކީ މުޅި މުޖުތަމަޢު ފަސާދަވެ މީގެ ނުބައި އަސަރު ތުއްތު ކުއްޖާއިންފެށިގެން އެންމެ ދުވަސްވީ މީހާއަށްވެސް ކުރާނެކަމެއްކަމުން، އަމަން އަމާންކަން ނަގައިލައި ދިވެހިރައްޔިތުންގެ ޚިދުމަތުގައި ތިއްބެވި ސަލާމަތީބާރުތަކުގެ އަގު ވައްޓާލައި އެބައިމީހުންގެ އަގުހުރި ޤައުމީ މަސައްކަތަށް ހުރަސްއެޅޭފަދަ ކަންކަން ކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫން ކަމަށާއި މިހާރުގެ ސަރުކާރުން ދިވެހި ކޮންމެ ރައްޔިތަކަށް ކުރަމުން މިގެންދަވާ އަގުބޮޑު ފައިދާހުރި ކަންތައްތަކަކީ ދިވެހި ކޮންމެ ރައްޔިތަކުވެސް އުފަލާއިއެކު ހެޔޮހިތުން ބަލައިގަންނަމުންދާ ކަންތައްތަކަށްް ވީހިނދު މިކަންތައްތަކަށް ހުރަސްއެޅޭގޮތަށް މަދުބަޔަކު މި ހިންގާ ނުބައި އަނިޔާވެރި ޖަރީމާތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ.

އަދި މިފަދަ އިންސާނިއްޔަތާއި ޚިލާފް ކޮންމެ ޢަމަލަކީ އެއްވެސް ޒަމާނެއްގައި މި ސާފުވެށިން ދިވެހި އެއްވެސް ދަރިއަކު ބަލއިގަންނަ ކަމަކަށް ނުވާއިރު ދިވެހިރާއްޖެ ތަރައްގީ އާއި އިގްތިޞާދީ ދުވެލީގައި މެކުހަށް ޖަހާފައިވާ ޖެހުން ހުއްޓުވައި މި މަސައްކަތައް ހުރަސްއެޅޭނޭ އެއްވެސްމަގެއް އޮތުމަކީ މުޅި ޤައުމު މިކަމަށް ވިސްނަންޖެހޭ ކަމެއް ކަމުން މިފަދަ އެއްވެސް އަމަލެއް ނުހިންގުމަށް ގޮވާލައި، މުޅިޤައުމަށާއި އެންމެންގެ ލާބަައާއި މަންފާއަށް މަސައްކަތް ކުރުމަކީ މިއަދު މި ޤައުމުގެ ކޮންމެދަރިއަކު ބޮލުގައި އެޅިފައިވާ ޒިންމާއެއްކަމުން މި ޒިންމާ އޭގެ އެންމެ ފުރިހަމަ ގޮތުގައި ނެންގެވުމަކީ ކޮންމެ ދިވެހި ރައްޔިތެއްގެވެސް އެދުމެވެ.

ވީއިރު އިސްލާމް ދީން ޙިމާޔަތް ކުރުމުގެ ނަމުގައި މިފަދަ އިންސާނިއްޔަތާއި ޚިލާފް ޖަރީމާ ހިންގާފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނެސް މިރާއްޖޭގެ ޝަރުޢީ ދާއިރާ ފުރިހަމަ މާނައިގައި މިނިވަންކޮށް އެފަދަ ފަރާތްތަކަށް ދެވެން އޮތް އެންމެ އިންސާފުވެރި އަދަބު ދިނުމަކީ ދިވެހި ދައުލަތުގެ މައްޗަށް ލާޒިމްކުރާ ކަމެއްކަމުން މިފަދަ ފަރާތްތައް ހިފައި ހައްޔަރުކުރުމަށް ގޮވާލަމެވެ.

އަދި ވަކިން ޚާއްޞަކޮށް ދިވެހިރައްޖޭގެ ޢިއްޒަތްތެރި ރައިސުލް ޖުމްހޫރިއްޔާ މުޙައްމަދު ނަޝީދު ކޮންމެ ދިވެހި ދަރިއަކާއިމެދު މި ބަހައްޓަވާ އޯގާތެރިކަމާއި ތަރައްގީއަށް މި ކުރައްވާ އަގުބޮޑެތި މަސއްކަތް ފާހަގަކޮށް އެމަނިކުފާނަށް ދެއްވަދޫ ރައްޔިތުންގެ ނަމުގައި ވަރަށް ޚާއްޞަ ޝުކުރެއް ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ ދެއްވަދޫ ގޮފި

އެމްޑީޕީ ދެއްވަދޫ ގޮފީގެ ނޫސް ބަޔާނުގެ ޕީޑީއެފް ފައިލް