MDP/2012-DN-003
އެމްޑީޕީގެ ބޮޑު ޖަލްސާއަކަށް ޚަރަދުކުރުމަށް ކަމަށް ބުނެ، މި ދުވަސްކޮޅު، ވިޔަފާރިވެރިންނާއި ބައެއް އާންމުންގެ އަތުން ބަޔަކު ފައިސާ ނަގަމުން ގެންދާ ކަމުގެ މަޢުލޫމާތު މި އޮފީހަށް ވަނީ ލިބިފައެވެ.
ނަމަވެސް އެއީ މި ޕާޓީގެ އެއްވެސް ގުނަވަނަކުން އަންގައިގެން ނުވަތަ މި އޮފީހަށް އެނގިގެން ކުރާ ކަމެއް ނޫން ކަމަށާއި، ޕާޓީގެ ނަމުގައި މިފަދަ ޙަރަކާތްތައް ހިންގާ ފަރާތްތަކާއި މެދު ސަމާލުވުމަށް މި ޕާޓީގެ ލޮބުވެތި މެންބަރުންނަށް އިލްތިމާސްކުރަމެވެ.
28 ޖެނުއަރީ 2012
އެމްޑީޕީ ސެކްރެޓޭރިއަޓް