ނޫސް ބަޔާން: ށ.މިލަންދޫ އެމްޑީޕީ ގޮފީގެ ނޫސް ބަޔާން

mdp-logo-150-x-157

މި އޯގާތެރި ސަރުކާރުން ވެފައިވާ ވަޢުދުތައް އޮމާންކަމާއި، ފުރިހަމަކަމާއެކު ލަސް ނުވެ ފުއްދަމުންދާތީ ކުރީގެ ދިގު 30 އަހަރުގެ މަންފާއާއި ފައިދާ ލިބި ކަށީގެ މަދުގައި އެކަން ހަރުލާފާއިވާ ބަޔަކު މާލޭގެ މަގުތަކަށާއި، ވިޔަފާރީގެ ކާރޫ ބާރޫ ބޮޑު ޞަރަޙައްދުތަކެއް ހިސޯރުކޮށްގެން ވިޔާފާރިތައް ހަލާކޮށް ސަރުކާރުގެ އިމާރާތްތަކާއި، އާންމުގެ ގެދޮރާއި ވިޔަފާރިކުރާ ތަންތަނަށް ހަމަލާދީ މާލޭގައި ދިރިއުޅޭ އެތައް ބަޔަކާއި، ޅަދަރީންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ނަފްސާނީ ގޮތުން ބަލިކަށިކޮށް މިކުރަމުންގެންދާ ހަޑިމުޑުދާރު އަމަލު އެމް.ޑީ.ޕީ މިލަންދޫގެ ހުރިހާ މެންބަރުންނާއި ގޮފީގެ ފަރާތުން ހަރު އަޑުން ކުށްވެރިކުރަމެވެ.

އަދި މިމުސްލިމް މުޖުތަމައުގައި ސޭޚްކަމަށް ހެދިގެން މުޖުތަމަޢު ފަސާދަކޮށް ލޭއޮހޮރުވުމަށް ގޮވާ އަމަން އަމާންކަން ނައްތައިލަން މަސައްކަތްކުރާ ބައެއް ސޭޚުންނާއި، އިދިކޮޅު ޕާޓީތަކުގެ އިސް ސަފުގައި ލޭއޮހުރުވުމަށް ހިއްވަރުދޭ ހުރިހާ ފަރާތްތަކެއް ހިފައި، ހައްޔަރުކުރުމަށް، ވޭތުވިދިޔަ ދިގު އަހަރުތަކުގައި ދުލާއި ގަލަމުގެ މިނިވަންކަން ނުދީ ވަނިކޮށް، އަޅުގަނޑުމެންނަށް ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ހޯއްދަވައިދެއްވުމަށް އެތައް ގުރުބާނީއެއްވެވަޑައިގެން، އެ މިނިވަންކަން ހޯއްދަވައިދެއްވި، ދިވެހިރާއްޖޭގެ ކުރު މުއްދަތުގެ ތަރައްޤީގެ ބާނީ ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު ނަޝީދަށް ގޮވާލަމެވެ.

އަދި މިޤައުމުގައި ބޭސް ސިޓީއަށް ސަލާމް ޖެހުމުގެ އާދަ އަނެއްކާވެސް ގެނެސް އެމީހުންގެ ވޯޓް ހޯދުމުގެ ބޭނުމުގަޔާއި އަޅުވެތިކުރުމަށާއި ޤައުމުގެ ހަލާކު ކަމުގައިވާ ބައެއް ވިޔަފާރިވެރިންނަށް ވިކިފައިވާ ކަމަށް ގިނަބަޔަކު ތުހުމަތުކުރާޢަބްދުﷲ ޖާބިރަށާއި، ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެމްބަރު މުޙައްމަދު ނަޝީދު އިދިކޮޅު ފަރާތްތަކަށް ހިއްވަރުދެމުން ގެންދާ ދިއުން މިލަންދޫގެ ބޮޑު އަޣްލަބިއްޔަތެއް ހޯދާފައިވާ މިލަންދޫ އެމްޑީޕީ މެންބަރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށް، އެފަރާތްތަކަށް މިރަށަށް އެރުމުގެ ފުރުޞަތު ދެން ނުދޭނެ ވާހަކަ ދަންނަވަމެވެ. އަދި އެމް.ޑީ.ޕީން އެދިއްޖެ ހާލަތެއްގައި މިރަށުން ގިނަ ބަޔަކު މާލެގޮސް ސަރުކާރަށް އެއްބާރުލުން ދިނުމަށް ތައްޔާރަށް ތިބި ވާހަކަ ދަންނަވަމެވެ.

ނޫސް ބަޔާން ނެރުނީ: އެމްޑީޕީ މިލަންދޫ ގޮފި

shmilandhoo-gofeege-noosbayaan