ނޫސް ބަޔާން: އެމްޑީޕީގެ މުލަކުދާއިރާ އާއި ދިއްގަރު ދާއިރާގެ ގޮފިތަކުން ނެރޭ ގުޅިފައިވާ ނޫސް ބަޔާން

mdp-logo-150-x-157

މިހާރު މާލޭގައި ޕީޕީއެމް އާއި އަދާލަތުޕާޓީ އިސްކޮށްއޮވެ ރާއްޖޭގެ ގާނޫނު އަސާސީއާއި ޚިލާފަށް ހިންގަމުންގެންދާ ސަރުކާރާއި ދެކޮޅު މުޒާހަރާތަކުގައި ރައްޔަތުންގެ ގެދޮރާއި މުދަލަށާއި ، ދަޢުލަތުގެ މުދަލާއި ތަކެއްޗަށް އަދި އާންމުރައްޔަތުންގެ ފުރާނައަށް ނުރައްކާތެރިވާ ދަރަޖައަށް ކަންކަން ގޮސްފައިވުމާއި އެކު އަދި ވިޔަފާރިވެރިންގެ ވިޔަފާރިތަކަށް ބޮޑެތި ގެއްލުންތަކެއް ލިބިގެންދާތީ، މިކަންކަން ވަރަށް ހަރުކަށި އިބާރާތުން ކުށްވެރިކޮށް މިހާރުން މިހާރަށް މިކަންކަން ހުއްޓާލުމަށް މިދާއިރާތަކުގެ ގޮފިތަކުން ގޮވާލަމެވެ.

މިމުޒާހަރާތަކުގާއި އިސްކޮށް ހަރަކާތްތެރިވާ ފަރާތްތައް ކަމުގައި މ.މުލަކުދާއިރާގެ ރައްޔަތުން މަޖުލީހުގެ މެމްބަރު އަބުދުﷲ ޔާމީނާއި ، މ.އަތޮޅު އަތޮޅުކައުންސިލްގެ ރައީސް އަޙުމަދު ސުލައިމާނާއި އަދި މިވަގުތު ރާއްޖޭގެ މެދުސަރަހައްދުގެ އެންމެ ބޮޑު ތަރައްޤީގެ މަސްރޫޢުއެއް ހިންގަމުން ގެންދާ ރަށްކަމުގައިވާ މ.ކޮޅުފުށްޓަށް ނިސްބަތްވާ އަދާލަތު ޕާޓީގެ ރައީސް އިމުރާން އަބުދުﷲ ބައިވެރިވެ ، ރާއްޖޭގައި ޤާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގައިރުޤާނޫނީ ގޮތުން ވައްޓާލުމަށް ފާޅުގައި މުޒާހަރާތަކުގައި ބައިވެރިވަމުންދާތީ ، މިކަން މިއަތޮޅުގެ އެންމެހާއި އެމްޑީޕީ މެމްބަރުންނާއި އަދި ސަރުކާރަށް ތާއިދު ކުރާ މިއަތޮޅުގެ އެންމެހައި ބޭފުޅުންގެ ފަރާތުން ވަގުތުން ހުއްޓާލުމަށް މިފަރާތްތަކަށް ގޮަވާލަމެވެ.