ރައީސުލްޖުމްހޫރިއްޔާ އިންޑިޔާގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ރައީސާއަށާއި ބޮޑުވަޒީރަށް ތަހުނިޔާ ފޮނުއްވައިފި

އޮސްޓްރޭލިޔާ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރަށާއި ގަވަރނަރ ޖެނެރަލަށް ވެސް ރައީސް މިއަދު ތަހުނިޔާ ފޮނުއްވި

އިންޑިޔާގައި މިއަދު ފާހަގަކުރަމުންދާ އެ ޤައުމުގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސާ ޕްރަތީބާ ޕާޓިލަށާއި، ބޮޑުވަޒީރު ޑޮކްޓަރ މަންމޯހަން ސިންހަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެ ދެބޭފުޅުންނަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

މީގެ އިތުރުން އޮސްޓްރޭލިޔާ ދުވަހުގެ މުނާސަބަތުގައި އެޤައުމުގެ ބޮޑުވަޒީރަށާއި ގަވަރނަރ ޖެނެރަލަށް ވެސް ރައީސް މިއަދު ތަހުނިޔާ ފޮނުއްވައިފިއެވެ.

މިއަދަކީ އޮސްޓްރޭލިޔާ ދުވަސް ކަމަށްވުމާއެކު މި މުނާސަބަތުގައި، އެޤައުމުގެ ގަވަރނަރ ޖެނެރަލް ކްއެންޓިން ބްރައިސްއަށާއި، ބޮޑުވަޒީރު ޖޫލިއާ ގިލާޑަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ، އެ ބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖްގައި، ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އެ ދެބޭފުޅުންނަށާއި، އެޤައުމުގެ ސަރުކާރަށާއި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު މަރްޙަބާ ވިދާޅުވެ، ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.