ނޫސް ބަޔާން: އެމްޑީޕީ އިނގުރައިދޫ ދާއިރާގެ ނޫސް ބަޔާން

މިހާރު އިދިކޮޅުފަރާތްތަކުން މާލޭގައި ކުރިއަށްގެންދާ ޣައިރުޤާނޫނީ އެއްވުންތައް ހަރުކަށި އިބާރާތުން ކުއްވެރިކުރުން

mdp-logo-150-x-157

ދިވެހިރާއްޖޭގައި ވެރިކަން ކުރަމުން މިއަންނަނީ ރިޔާސީ ނިޒާމެއްކަމާއި، ރިޔާސީ ނިޒާމެއްގައި ހުންނަންޖެހޭނޭ ސިފަތައް އަދި ވެރިކަމުގެ ބާރުތައް ބެހިފައިވާގޮތް ވަރަށް ސާފުކޮށް ދިވެހިރާއްޖޭގެ ޤާނޫނު އަސާސީގައި ބަޔާންވެފައިވީ ހިނދު، ދިވެހިރާއްޖޭގައި އުފެދިފައިވާ ޤާނޫނީ ސަރުކާރު ވައްޓާލުމަށް އިދިކޮޅުފަރާތްތަކުން ހިންގަމުންގެންދާ ނާތަޙްޒީބް، މުޑުދާރު ފިނޑިއަމަލުތައް މިދާއިރާއިން ހަރުކަށި އިބާރާތުން ކުށްވެރިކުރަމެވެ.

ދަންނަވަމެވެ. ދިވެހިރާއްޖޭގެ ދީނީ، އަދި ޤައުމީ އެންމެ މަތީ މަސްލަހަތު ހިފެހެއްޓުމަކީ އެޖުމްޙޫރިއްޔާގެ ޤާނޫނު އަސާސީން ރައީސުލް ޖުމްހޫރިއްޔާ އަދާކުރައްވަންޖެހޭ ވާޖިބެކެވެ. އަދި އެ ވާޖިބް އަދާކުރުމުގައި ދައުލަތުގެ އެންމެ އިސްވެރިޔާގެ ހައިސިއްޔަތުން ކުރައްވަންޖެހިވަޑައިގެން ކޮންމެކަމެއް ރައްޔިތުންނާއި މިޤައުމަށްޓަކައި އިޙްލާސްތެރިކަމާއި އެކު މިހާރު ގައުމުގެ ވަލިއްޔުމް އަމްރު ކަމުގައި ހުންނެވި ރާއްޖޭގެ ޢިއްޒަތްތެރި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކޮށްދެއްވާނެކަމުގެ ފުރިހަމަ ޔަޤީންކަން ކަށަވަރުވެ ތިބިހިނދު، މިދާއިރާގެ ރައްޔިތުންގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވަމުންދާ ނުހަނު ގިނަގުނަ މަސައްކަތްތަކަށް ޝުކުރުދަންނަވަމެވެ.

ރާއްޖޭގެ އާއްމު ޞިއްޚީ ހާލަތު ރަގަނޅުވެ، ބޭސްފަރުވާއަށް ސަލާންޖެހުން ހުއްޓި، މިނިވަންކަމާއި ލުއިފަސޭހަކަމާއިއެކު ރާއްޖޭގެ އެކިއެކި ރައްޔިތުންނާއި ގާތް ރައްޓެހިންގެ ހާލު ލޮލުންދެކި، ދިރިއުޅުމުގެ މިނިވަންކަން ލިބި ގޯތިގެދޮރުތަކަށް ރައްޔިތުން ވަންނަމުންދާ މިދުވަސްވަރު، ރައްޔިތުންނަށް އަތްފޯރާ ފަށަށް ތަކެތީގެ އަގުތައް ތިރިވެ، ޑްރަގުގެ ވާބާގައިޖެހި ގޮތްހުސްވެ ބަރުބާދުވެފައިވާ އެތައް އާއިލާތަކަކަށް ދިރުންގެނުވަމުންދާ މިދުވަސްތަކުގައި މާލޭގެ މަގުތައް ނާމާންކޮށް ރައްޔިތުންނާއި ދަޢުލަތުގެ ތަކެއްޗަށް ގެއްލުންދެމުންދާ ފަރާތްތަކުގެ އެއަމަލުތައް މިދާއިރާއިން އެއްމެ ހަރުކަށިއިބާރާތުން ކުއްވެރިކުރަމެވެ.

އަދި މިފަދަ އަމަލުތައް ހިންގާ ރައްޔިތުން ބިރުވެރިކަމެއްގެ ތެރެއަށް ވައްޓާލުމަށް އެހިންގާ ޖަރީމާތައް މިހާރުންމިހާރަށް ހުއްޓުވާ އެފަދަ ޖަރީމާތައް ހިންގާފަރާތްތައް ހައްޔަރުކޮށް ޤާނޫނީ އެންމެ ހަރުކަށި އަދަބުދިނުމަށް ގޮވާލަމެވެ. އަދި މިދަޢުލަތާއި މާތްވެގެންވާ އިސްލާމްދީން ހިމާޔަތްކުރުމަށް ކުރަންޖެހުނު ކޮންމެކަމެއް މިދާއިރާއިން ކުރުމުގައި ސާބިތުވެތިބޭނެކަމުގައި ދަންނަވަމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ އިނގުރައިދޫ ދާއިރާ