ނޫސް ބަޔާން: އެމްޑީޕީ ގެމަނަފުށީ ދާއިރާގެ ނޫސް ބަޔާން

mdp-logo-150-x-157

އިދިކޮޅު ފަރާތްތަކުން ސަރުކާރާ ދެކޮޅަށް ނުކުމެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން އުފައްދައި ސަރުކާރާއި ރައްޔިތުންގެ މުދަލަށް ބޮޑެތި ގެއްލުންދީ ޤައުމުގައިއޮތް އަމާން ހަމަހިމޭން މާހައުލު ހަލަބޮލިކޮށް ޞުލްޙަ މަސަލަސްކަން ގެއްލޭގޮތައް ހިންގަމުންގެންދާ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ.

ހަމައެހެންމެ ރާއްޖޭގެ ރައްޔިތުން ބަލައިގެންފައިވާ ޑިމޮކުރަސީ ނިޒާމް ފައްކާވަމުންދާއިރު އޭގެޅަފަތުގައި، އިދިކޮޅު ފަރާތްތަކުން ނުކުމެ ސަރުކާރުން ކުރައްވަމުން ގެންދަވާ ތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅާ، ސަރުކާރާއިމެދު ސާބިތު ނުހިފޭ ދޮގުވާހަކަތައް ފަތުރައި ރައްޔިތުންގެ މެދުގައި ސަރުކާރާއިމެދު ނަފުރަތު އުފައްދުމަށް މަސައްކަތް ކުރަމުންދާކަމީ ނިހާޔަތައް ކަންބޮޑުވާކަމެކެވެ.

ހަމައެހެންމެ ގެމަނަފުށީ ދާއިރާގެ ރައްޔިތުން ތަމްސީލް ކުރެއްވުމަށް ހޮއްވަވާފައިވާ މެންބަރު އިލްހާމް އަހުމަދު މިދާއިރާގެ ނިކަމެތި ރައްޔެތުން މަތީން ހަދާން ނައްތާލައި އަމިއްލަ އެދުމާއި، ކޮރަޕުޝަނާއި، ފަސާދައިން، ފުރިގެންވާ ބަޔަކު ހިމާޔަތްކޮއް އެމީހުންނަށް ވެރިކަމުގެ ބާރުތައް ހޯދައި ދިނުމަށް ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފަށް މަދުފައިސާ ކޮޅަކަށް ޓަކައި ތިހިންގާ އެންމެހާ އަމަލުތައް ހަރުކަށި އިބާރާތުން ކުއްވެރި ކުރަމެވެ.

އަދި އަޅުގަނޑުމެންގެ މިފަޚުރުވެރި ދިވެހިޤައުމަކީ ސައްތާންސައްތަ މުސްލިމް ޤައުމަކަށް ވީހިނދު، މިޤައުމުގެ ލޮބުވެތި ރައްޔިތުން އިންތިޙާބުކޮށްފައިވާ އަދުގެ ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށް ތަކުރާރުކޮށް އިދިކޮޅު ފަރާތްތަކުން ގޮވަމުންދާދިއުން އެންމެ ހަރުކަށި އިބާރާތުން އެމްޑީ ޕީ ގެ ގެމަނަފުށީ ދާއިރާގެ ފަރާތުން ކުއްވެރިކުރަމެވެ. ޤައުމުގެ ވަލިއްޔުލްއަމުރުގެ ހައިސިއްޔަތުން ޤާނޫނުއަސާސީ ނެގެހެއްޓުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއާއި އަދުގެ ސަރުކާރުން ތިކުރައްވާ މަސައްކަތުގައި ގެމަނަފުށީ ދާއިރާގެ އެއްމެހާ ރައްޔިތުންގެ ތާއިދާއި އެއްބާރުލުން ދޭނެކަމުގެ ފުރިހަމަ ޔަގީންކަން ދެމެވެ.

އެމްޑީޕީ ގެމަނަފުށީ ދާއިރާގެ ނޫސް ބަޔާން ވިދާޅުވުމަށް މިލިންކަށް ފިއްތަވާ ލައްވާ