ފަހަލަސަޢީދު
2000 މީހުންގެ އާބާދީ އޮންނަ ނ.ހޮޅުދޫރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ނުލިބުގެ މައްސަލަ ފެންމަތިވެ އެރަށުގެ އެމްޑީޕީ މެންބަރުންގެ އިސްނެގުމުގެ މަތިން ގިނަބަޔަކު ބޭސްފިހާރަކައިރިއަށް އެއްވެ އިހުތިޖާޖް ކުރަމުން އެބަދެއެވެ.
ހޮޅުދޫ އިން ވާހަކަދެއްކި އެރަށު އެމްޑީޕީ މެންބަރަކު ބުނިގޮތުގައި ހޮޅުދޫ ރައްޔިތުންގެ ބޭސްފިހާރަ ރަށުކައުންސިލްގެ ފަރާތުން ކުށްޔަށް ދީފައިވަނީ އެފަރާތާ ގުޅުންހުރި މީހަކަށް ކަމަށާއި، ސަރުކާރުން ރައްޔިތުންނަށް ހިލޭބޭސްފަރުވާ ކޮށް ދިނުމަށް ގާއިމްކޮށްފައިވާ “ޢާސަންދަ” ނިޒާމުގައި ހޮޅުދޫ ރައްޔިތުންގެ ބޭސް ފިހާރަ ކައުންސިލުން ބައިވެރި ނުކޮށް ހިފަހައްޓާފައިވާތީ ގިނަބަޔަކު ބޭސްފިހާރަކައިރީގައި އިހުތިޖާޖު ކުރަމުންދާކަމުގައެވެ.
ޑީއާރުޕީގެ ކައުންސިލް މެނަބަރުން ހިމެނޭ ރަށުކައުންސިލްގެ ބޭނުމަކީ “އާސަންދަ ނިޒާމުގެ ދަށުން ރައްޔިތުންނަށް ހިލޭ ބޭސްފަރުވާ ނުކުރެވޭގޮތް ހެދުން ކަމަށާ އެއީ ރައްޔިތުން އެދޭގޮތެއް ނޫންކަމުގައި އޭނާ ބުންޏެވެ.
2012 ވަނައަހަރުގެ ޖެނުއަރީ މަހުގެ އެއްވަނަދުވަހުން ފެށިގެން ދިވެހި ކޮންމެ ރައްޔިތަކަށް އެއްލައްކަ ރުފިޔާގެ ހިލޭ ބޭސްފަރުވާ ލިބޭނެކަން ކަށަވަރު ކޮށްދީފައިވާ އިރު ރަށު ކައުންސިލުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންނަށް މިދެންނެވި ހިލޭ ބޭސް ފަރުވާ ނުދިނުމަށް ކަމަށާ އެކަމާމެދު ރައްޔިތުން މިތިބީ ނުކުމެ ކަމުގައެވެ.
ހޮޅުދޫ ރައްޔިތަކު ބުނީ މިހާރު ރައްޔިތުންމިތިބީ ރަށުކައުންސިލްގެ އިދާރާގެ ކައިރީގައި ކަމަށާއި، ކައުންސިލުން މިހާރު މަސައްކަތްކުރަމުންދާ ކަމަށް ބުނިނަމަވެސް ހިލޭބޭސް ނުލިބޭހާހިދަކު އެއްވެފައި ތިބި ރައްޔިތުން ދުރަށް ނުޖެހޭނެކަމުގައެވެ.
އާސަންދަ ނިޒާމުންވެސް ވިދާޅުވަނީ އެކަން ހަމަޖައްސައި ދިނުމަށް ކައުންސިލާ ވާހަކަދައްކަވަމުން އެބަގެންދަވާކަމުގައެވެ.