މިސަރުކާރަކީ އަނިޔާވެރިސަރުކާރެކޭ ބުނާނަމަ މިސަރުކާރުން އަނިޔާކުރި މީހަކު ދައްކަންވާނެ

ފަހަލަ

މިސަރުކާރަކީ އަނިޔާވެރި ޚުދުމުޚުތާރު ސަރުކާރެއް ކަމަށް ބުނެ ކުރީގެ އަނިޔާވެރިން މަގުމައްޗަށް ނުކުމެ އެބަދުނާމު މިސަރުކާރުގެ ބޮލުގައި އަޅުވަމުން ގެންދިއުމަކީ ބޮޑުވެގެންވާ ޖޯކެއްނޫންތޯއެވެ.

ރައްޔިތުން ނުކުމެ މިސަރުކާރު ވައްޓާލުމަށް ފަހު ރައްޔިތުން އަޅުވެތި ކުރުވި ކުރީގެ ވެރިކަން އަނބުރާ ގެންނާނެކަމަށް ހީކުރުމަކީވެސް ބޮޑުޖޯކެކެވެ. މިސަރުކާރަކީ ދިވެހިންގެ ހިތްތަކަށް އުފަލާ ހަމަޖެހުން ގެނެސްދިން ފުރަތަމަ ސަރުކާރެވެ.
އަޅުވެތިކަމާ އަނިޔާވެރި ކަމުގެ ހެދުން ރައްޔިތުން މިއަދު މިތިބީ ބާލައިގެންނެވެ. މިއަދުގެ ސަރުކާރަކީ ރާއްޖޭ އިލްމުވެރިންނަށް މިނިވަންކަމާއެކު ދީނީ ދަރުސުތަކާ ދީނުގެ ވާހަކަ ދެއްކުމުގެ މިނިވަންކަން ހޯއްދަވައި ދެއްވި ފުރަތަމަސަރުކާރެވެ. އަދި ރާއްޖޭގެ ނޫސްވެރިކަމަށާ ރައްޔިތުންގެ ޝުޢޫރުތައް ފާޅުކުރުމުގެ މިނިވަންކަން ފުރަތަމަފަހަރަށް ހުޅުވާދެއްވި ސަރުކާރެވެ.

ރައްޔިތުންގެ އަސާސީ ހައްގުތަކަށް އިޙުތިރާމްކޮށް ރައްޔިތުންގެ އަޑުއަހާ ރައްޔިތުން އެދޭގޮތަށް ރައްޔިތުންގެ ވެރިކަން ފުރަތަމަފަހަރަށް ރައްޔިތުންނާ ހަމަޔަށް ފޯރުކޮށްދިން ފުރަތަމަސަރުކާރެވެ. ދުލާ ގަލަމާ ރައްޔިތުމީހާ މިނިވަންކޮށް ގޭބަންދުން ރަށުބަންދުން އަތޮޅުބަންދުން ގައުމީބަންދުން ވީއްލުވާދެއްވި އޯގާވެރި ފުރަތަމަ ސަރުކާރެވެ. ރައްޔިތުންނަށް ބޯހިޔާވަހިކަން ބޭނުންވާކަން ގަބޫލު ކުރި ފުރަތަމަ ސަރުކާރެވެ. އަދި ރައްޔިތުންނަށް ބޭސްފަރުވާގެ ނިޒާމެއް ބޭނުންވާކަން ގަބޫލު ކުރި ފުރަތަ ސަރުކާރެވެ. އެކަނިވެރި މައިން ނާ ނުކުޅެދޭ މީހުން ނާ ޢުމުރުން ދުވަސްވީ މީހުންނަށް އަޅާލުމާ އޯގާވެރި ކަން ދޭންޖެހޭކަން ގަބޫލު ކުރި ފުރަތަމަ ސަރުކާރެވެ. އަތްފޯރާ އަގުތަކެއްގައި ރައްޔިތުންގެ ޒަރޫރީ ބޭނުންތަށް ފުދެންވާނެ ކަން ގަބޫލުކުރި ފުރަތަމަ ސަރުކާރެވެ. ކުރީގެ އަނިޔާވެރި ގާތިލުންނާ ވަގުން ސިޔާސީ މަގުޞަދެއް ޙާޞިލު ކުރުމުގެ ނިޔަތުގައި ބަންދު ނުކުރުމަށް ނިންމެވި ފުރަތަމަސަރުކާރެވެ. ތަންދޮރު ނޭނގި ދައުލަތުގެ ސަލާމަތީ ބާރުގެ ގޭޓަށާ ދައުލަތުގެ އެންމެ އިސްވެރިޔާ ދިރިއުޅުއްވާ ގަނޑުވަރަށްވަންނަން އުޅެ އެމަނިކުފާނު އަވަހާރަކޮށްލުމުގެ ނިޔަތުގައި އުޅުނު ބައިގަނޑާ މެދު ފިޔަވަޅު ނޭޅުއްވުމަށް ނިންމި ފުރަތަމަސުކާރެވެ.

ކަންމިހެންހުރި އިރު މިސަރުކާރު ވައްޓާލަން ހަމަހޭގައި ތިބި ބަޔަކު އުޅެފާނެ ބާވައެވެ.
މާޒީ ވެދިޔަ 30 އަހަރު ރައްޔިތުންފައިސާ އިން ފެންވަރައިގެން އުޅުއްވި ވެރިން އޭރު ރައްޔިތުންނަށް އެއްވެސްކަމެއް ކޮށްނުދިނީ އަމިއްލަ ބޮނޑި ބޮޑުކުރަންކަން ވޭތުވެދިޔަ މިސަރުކާރުގެ 3 އަހަރު ބަލާލުމުން އެނގި ކަށަވަރުވާތީ އެކަން ވަންހަނާ ކުރަންއުޅޭ ބަޔަކު މާލޭގެ މަގުމަށްޗަށް ނުކުމެ ލަދުން އެގަންނަ ގަނޑު ރައްޔިތުން މިތިބީ ފަރުވާވެ ބަލާށެވެ.
ތިމާމެން ފަޒީހަތް ވާތީ ސަރުކާރު ވައްޓާލަން އުޅުނަސް އެކަމެއްނުވާނެއެވެ. އިދިކޮޅު ލީޑަރުގެ ހުރި ފެންވަރަކީ ކޮއްކޮ ފުހުސްއޮފީހަށް ޙާޒިރު ކުރަން އުޅޭކަން އެނގުމާއެކު ފިލާރައްކާވީއެވެ. ދެންހުރި ރާޖާވެސް ފިލީއެވެ.
މިވަރުގެ ހިތްވަރު ނެތް ބަޔަކު މަގުމައްޗަށް ނުކުންނާތީ ޙައިރާން ވަމެވެ.