ތަހުނިޔާ ދެންނެވުން: އެމްޑީޕީން ގައުމީ ދުވަހުގެ ތަހުނިޔާ ދެންނެވުން

އުފާވެރި ގައުމީ ދުވަހުގެ މުނާޞަބަތުގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނަށާއި، ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ތަހުނިޔާއާއި މުބާރިކްބާދީ އަރިސްކުރަމެވެ.

ޕޯޗުގީޒުންގެ އަތްދަށުން މި ގައުމު ދިފާޢުކުރެއްވި ޤައުމީ ބަޠަލު، މުޙައްމަދު ތަކުރުފާނުގެ ޒިކުރާ އާކުރާ މި މި ހިނދު، އަޅުގަނޑުމެންގެ އުއްމީދަކީ މިއަހަރުގެ ގައުމީ ދުވަހަކީ އަމިއްލަ މަސްލަހަތާއި، ތިމާ ނިސްބަތްވާ ޕާޓީގެ މަސްލަހަތަށްވުރެ ބޮޑަށް ބަދަލުވަމުންދާ މި ގައުމާ މެދު ފުންކޮށް ވިސްނުމާއި، ޤައުމީ ރޫޙް އާލާވުމުގެ ހެޔޮ ތައުފީޤް ދިވެހިންގެ ހިތްތަކުގައި އަށަގަތުމުގެ ދުވަހެއް ކަމުގައި މާތްﷲ މިންވަރުކުރެއްވުމެވެ. މި ގައުމުގެ ރައްޔިތުންނަކީ މި ގައުމުގެ ކާބަފައިން ދެއްކެވި އަޚުވަންތަ ކަމުގެ ރީތި ނަމޫނާ ދައްކާ ބައެއް ކަމަށް ވުމެވެ.

މާތް ﷲ ރާއްޖެ ތިޔާގިކުރައްވައި، ދިވެހި ލޮބުވެތި ރައްޔިތުންނަށް މާ އުފާވެރި މާފާގަތި ދުވަސްތަކެއް މިންވަރުކޮށްދެއްވުމަކީ އަޅުގަނޑުމެންގެ އަބަދުގެވެސް ދުޢާއެވެ. އާމީން