ނޫސް ބަޔާން: ހއ.ކެލާ އެމްޑީޕީ ގޮފިތަކުގެ ގުޅިފައިވާ ނޫސް ބަޔާން

އިދިކޮޅުފަރާތްތަކުން، މާތްވެގެންވާ އިސްލާމްދީން ސިޔާސީހަތިޔާރަކަށް ހަދައިގެން ސަރުކާރާ ދެކޮޅަށް ނުކުމެ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަންއުފައްދައި ސަރުކާރާއި ރައްޔިތުންގެ މުދަލަށް ބޮޑެތިގެއްލުންދީ ޤައުމުގައި އޮތްއަމާންހަމަހިމޭން މާހައުލު ހަލަބޮލިކޮށް ޞުލްޙަމަސަލަސްކަން ގެއްލޭގޮތައްހިންގަމުންގެންދާ އަމަލުތައް މިހާރުން މިހާރަށް ހުއްޓާލުމަށް ގޮވާލަމެވެ.

ހަމައެހެންމެ ރާއްޖޭގެރައްޔިތުންބަލައިގެންއިފައިވާ ޑިމޮކުރަސީގެ ނިޒާމް ފައްކާވަމުންދާއިރު އޭގެޅަފަތުގައި، އިދިކޮޅުފަރާތްތަކުން ނުކުމެ ސަރުކާރުން ކުރައްވަމުން ގެންދަވާތަރައްޤީގެ މަޝްރޫޢުތަކަށް ހުރަސްއަޅާ، ސަރުކާރާއިމެދު ސާބިތުނުހިފޭ ދޮގުވާހަކަތައް ފަތުރައި ރައްޔިތުންގެ މެދުގައި ސަރުކާރާއިމެދު ނަފުރަތު އުފައްދުމަށް މަސައްކަތް ކުރަމުންދާކަމީ ނިހާޔަތައް ކަންބޮޑުވާކަމެކެވެ.

ހަމައެހެންމެ ޝަރުއީކޯޓްތަކާއިމެދު ނާއުންމީދު ވެފައިތިބި ރައްޔިތުންގެ ޙައްޤުތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ލިބިދެވޭނެ މަގު ވީ އެންމެ އަވަސް ގޮތެއްގައި ހޯދައިދޭން ޖެހިފައިވާ ކަމުގައިވެސް ދެކެމެވެ .މީގެ އިތުރުންއަދުގެ ސަރުކާރުން މުޅިރައްޔިތުންގެ ލާބަޔާއި މަންފާއަށް ކުރަމުންދާމަސައްކަތަށާއި، އަދި ބޮޑެތިމަޝްރޫޢުތަކަށް ހުރަސްއެޅޭގޮތައް ޝަރުއީ ކޯޓްތަކުގެ މަސައްކަތް ނުނިމިހުއްޓިފައި ހުރިކަންފާހަގަ ކުރަންޖެހެއެވެ.އިދިކޮޅުފަރާތްތަކުން ސަރުކާރު ޒިންމާދާރުކުރުމުގައިކުރެވޭމަސައްކަތް ކުރަންޖެހޭނީ ޑިމޮކުރަސީގެ ރީތިއުސޫލުން ކަމަށްވާއިރު އެގޮތުގެ މަތިން އަމަލުކުރަމުން ގެންދިއުމަކީ ދިވެހިރައްޔިތުންނަށް އޭގެ ފައިދާ ކުރާނެ ކަމެއްކަމުގައި ދެކެމެވެ.

އަދި އަޅުގަނޑުމެންގެ މިފަޚުރުވެރި ދިވެހިޤައުމަކީ ސައްތާންސައްތަ މުސްލިމްޤައުމަކަށްވީހިނދު ،މިޤައުމުގެ ލޮބުވެތި ރައްޔިތުން އިންތިޙާބުކޮށްފައިވާ އަދުގެ ސަރުކާރަކީ ލާދީނީ ސަރުކާރެއް ކަމަށްތަކުރާރުކޮށްއިދިކޮޅުފަރާތް ތަކުން ގޮވަމުންދާދިއުން އެންމެ ހަރުކަށިއިބާރާތުން އެމްޑީ ޕީ ގެ ކެލާގެ ގޮފިތަކުން ކުއްވެރިކުރަމެވެ. މިފަދަ މައްސަލަތިކުގައި ޤާނޫނުއަސާސީނެގެހެއްޓުމާއި ،ދެމެހެއްޓެވުމަށް ރައީސުލްޖުމްހޫރިއްޔާއާއި އަދުގެ ސަރުކާރުން ތިކުރައްވާ މަސައްކަތުގައި ކެލާގެ ގިނަ ރައްޔިތުން ތާއިދާއި އެއްބާރުލުން ދޭނެކަމުގައި ދަންނަވަމެވެ.

(ވަސްމީރު ކެލާގެ ރައީސް( އަހުމަދުޝަފީޤް