ތިޔަހެނެއް ނުކިޔޭނެ ސިލްސިލާގެ ޚާއްސަ ޖަލްސާއެއް މިރޭ އެމްޑީޕީ ހަރުގޭގައި އޮންނާނެ

އިބްރާހީމް ރާމިޒް

haruge-dheneh-nukiyeyne-16-01-2012-51

އެމްޑީޕީން “ތިޔަހެނެއް ނުކިޔޭނެ” މި ނަމުގައި ފަށާފައިވާ ކެމްޕެއިންގެ ދަށުން ބާއްވާ ޚާއްސަ ޖަލްސާ އެއް މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.

މިރޭ 8.45 ގައި ފަށާ މި ޖަލްސާ ގައި ވެސް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ބައެއް ކޮމިޓީތަކުގެ ބޭފުޅުން ވާހަކަދައްކަވާނެއެވެ.

މިރޭގެ ޖަލްސާ އަކީ މި ސިލްސިލާގެ ދަށުން ބާއްވާ 12 ވަނަ ޖަލްސާ އެވެ.

މި ސިލްސިލާގެ ދަށުން ބޭއްވި ސުލްހަވެރި އެއްވުމެއް މިދިޔަ ހޮނިހިރު ދވަހު ހަވީރު ސުނާމީ ބިނާ ސަރަހައްދުގައި ވަނީ ބާއްވާފައެވެ. މި ސުލްހަވެރި އެއްވުމުގައި އެމްޑީޕީގެ ވަރަށް ގިނަ މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރާ ވަރަށް ގިނަ އަދަދެއްގެ ބަޔަކު ވަނީ ބައިވެރިވެފައެވެ.