ނޫސް ބަޔާން: އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓްގެ ނޫސް ބަޔާން

ހުުޅުދުއްފާރު އެމްޑީޕީ އޮފީހަށް ދިން ހަމަލާކުށްވެރިކުރުން

ރ.ހުޅުއްދުއްފާރު އެމް.ޑީ.ޕީ އޮފީހަށް ރޭގެ ވަގުތެއްގައި ބަޔަކު ޙަމަލާދީ އޮފީހުގެ ބިއްލޫރިތައް ތަޅާލާ ހިންގި ޓެރަރިޒަމްގެ ޢަމަލު އެންމެ ހަރުކަށި ޢިބާރާތުން ކުއްވެރިކުރަމެވެ. މި ޙަމަލާ މިއައީ އެމްޑީޕީ 5 މެމްބަރުން ހިމެނޭ ހުޅުދުއްފާރު ކައުންސިލުން މިހާރު މާލޭގައި ހިންގާ ހަމަނުޖެހުން ތައް ކުއްވެރިކޮށް ބަޔާނެއް ޢާއްމުކުރިތާ 24 ގަޑިއިރުވެސް ނުވަނީހެވެ.

މާލޭގައި އިދިކޮޅުފަރާތްތަކުން މިހާރު ހިންގަމުންދާ ހަމަނުޖެހުންތަކުން ހިތްވަރުލިބި ހަމނުޖެހުންތައް މާލެގެ އިންތައް ފަހަނައަޅާ އަތޮޅުތަކަށް މިސްރާބްޖަހާފައިވާކަމީ ކަންބޮޑުވާންޖެހޭކަމެކެވެ. ޤައުމުގެ މަސްލަހަތު މަޤްބޫލު އުޒުރެއްނެތި ގަސްތުގައި ގެއްލުވާލުމަށް އިދިކޮޅު އެންމެން އެއްގަލަކަށް އަރާ ކުރާ މިމަސައްކަތް ނާކާމިޔާބުކޮށްލުމަށް ދިވެހި ފުލުހުންނާ ސިފައިން ކުރަމުންދާ ޤައުމީ މަސައްކަތް ހުއްޓާނުލާ ކުރިއަށް ގެންދިއުމަށް ގޮވާލަމެވެ.

ޤައުމެއްގެ ޙާލަތު އެންމެ ރަނަގަޅަށް ވަޒަންކުރެވޭނީ އެޤައުމެއްގާ ޢަދުލް އިންސާފް ޤާއިމްވެފައި އޮތްމިންވަރަކަން ކަށަވަރެވެ. މިހާރު ފާލުން ނެއްޓިފައިވާ ރާއްޖޭގެ ޢަދުލު އިންސާފުގެ ނިޒާމް ހަމަމަގަށް އެޅުވުމަށް ދައުލަތުގެ އެންމެ މަތީ ވެރިޔާ އަދި ސިފައިންނާއި ފުލުހުންގެ އެންމެ މަތީވެރިޔާ ރައީސުލްޖުމްހުރިއްޔާ މުޙައްމަދު ނަޝީދު ކުރައްވާ ތެދުވެރިމަސައްކަތަށް އަދިވެސް އެއްފަހަރު ހިތްވަރު ދެމެވެ.

ބަޔާން ނެރުނީ: އެމްޑީޕީ އުތުރު ޕްރޮވިންސް ސެކްރެޓޭރިއަޓް

އުތުރު ޕްރޮވިންސްގެ ނޫސްބަޔާން