އެމްޑީޕީން ކުއްލި ސުލްހަވެރި ހިނގާލުމެއް ބާއްވައިފި

އިބްރާހީމް ރާމިޒް

muzaahara-moosa-400-x-300އެމްޑީޕީގެ ހިނގާލުމެއްގެ ތެރެއިން .. ފޮޓޯ:އަނދާ

އެމްޑީޕީން މިއަދު ހަވީރު ކުއްލި ސުލްހަވެރި ހިނގާލުމެއް ބާއްވައިފިއެވެ.

އެމްޑީޕީގެ މަދު އަދަދެއްގެ ސަޕޯޓަރުންނާއެކު ސޯސަން މަގުގައި ހުންނަ އެ ޕާޓީގެ މައި އޮފީސް ކުރިމަތިން ފެށި މި ހިނގާލުމުގައި އެކި ހިސާބުން އެމްޑީޕީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނީ ބައިވެރިވެފައެވެ.

ޢަބްދުﷲ ޤާޒީ ދޫކޮށްނުލުމަށާއި، ޔާމީނާއި މައުމޫނު ހައްޔަރުކުރުމަށާއި، އަދުލު އިންސާފުގެ ދާއިރާ މިނިވަން ކުރުމަށާއި، އެމްޑީޕީ އާއި ސަރުކާރާއި މެދު ހަގީގަތާއި ޚިލާފު ދޮގު ވާހަކަދެއްކުން ހުއްޓުމަށް ގޮވާލައި ފެށި މި ހިނގާލުމުގެ ބައިވެރިން ސޯސަން މަގުން، ފަރީދީ މަގުން ގޮސް ނަލަހިޔާ ކައިރިން މަޖީދީ މަގުން، ސޯސަން މަގުން އައިސް މި ހިގާލުން ސުލްހްވެރިކަމާއެކު ނިންމާލީ ހިނގާލުން ފެށި ހިސާބު ކަމަށްވާ އެމްޑީޕީގެ މައި އޮފީސް ކުރިމައްޗަށެވެ. އޭރު ވަރަށް ގިނަ އަދަދެއްގެ ބަޔަކުވަނީ މި ހިނގާލުމުގައި ބައިވެރިވެފައެވެ.

މި ކުއްލި ހިނގާލުމުގައި އިސްކޮށް ޙަރަކާތްތެރިވެވަޑައިގެންނެވީ އެމްޑީޕީގެ ޗެއަރޕާސަން ރީކޯ މޫސާ މަނިކެވެ. މި ހިގާލުމުގައި ޕިކަޕްގައި އިންނަވައި، ލައުޑްސްޕީކަރުން މޫސަ ވަނީ ޢަބްދުﷲ ޤާޒީ ދޫކޮށްނުލުމަށާއި، ސަރުކާރުގެ މުދަލަށް ގެއްލުންދީ، މާލޭގެ އަމަންއަމާންކަން ނަގާލުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އެޅުމަށް ކަމާއި ބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ.