ތައުޒިޔާ ދެންނެވުން: މަޖީދު ސަރގެ ކޮއްކޮ ނިޔާވުމާ ގުޅިގެން އެމްޑީޕީން ތަޢުޒިޔާ ދެންނެވުން

އެމްޑީޕީގެ މާލެ ސިޓީގެ ނައިބު ރައީސް އަދި ރައީސުލްޖުމްހޫރިއްޔާގެ ގެކޮޅު، މުލިއާގޭ ސީއީއޯ އަބްދުލް މަޖީދު އަބްދުލް ޝަމީމްގެ ކޮއްކޮ މ.އަލިމަސްވާދީ މޫސައިދީ މި އަދު ނިޔާވުމާއި ގުޅިގެން އެ މަރުޙުމްގެ އާއިލާއަށް އެމްޑީޕީން ތައުޒިޔާ ދަންނަވަމެވެ.

މަރުހޫމް މޫސައިދީގެ މޫނުދެއްކުން އޮންނާނީ އާ ސަހަރާގައެވެ. ކަށުނަމާދުކުރުން އޮންނާނީ މަޣްރިބު ނަމާދަށް ފަހު އާ ސަހަރާ މިސްކިތުގައެވެ.

މަރުޙޫމް މޫސައިދީގެ ފުރާނައަށް މާތްﷲ ރަޙްމަތްލައްވައި، އެ މާތް މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ދެއްވާށިއެވެ.