ނޫސް ބަޔާން: އެމްޑީޕީ މަޑަވެލިި އޮފީހުގެ ނޫސް ބަޔާން

ނަމްބަރ Q1/MDP/2012/01:

ނޫސް ބަޔާން

މަޑަވެލީގައި ތިބި ޑީ.އާރު.ޕީ ކައުންސިލަރުންގެ ނާޤާބިލް ވިސްނުންފުޅު ބަދަލުކޮށް ތަރައްޤީއާއި، ތަހުޒީބުގެ ވިސްނުންފުޅެއް ދެއްވާތޯ މާތް ﷲ ގެ ހަޒުރަތުގައި ދުޢާ ދަންނަވަމެވެ.

19 ޖެނުއަރީ 2012 ވަނަ ދުވަހު މަޑަވެލި ކައުންސިލްއިދާރާއިން އިސްނަންގަވައިގެން ނެރެ ޢާންމު ކޮށްފައިވާ ޙަޤީޤަތާއި ޚިލާފް ނޫސް ބަޔާނާއި ގުޅޭ ގޮތުންދަންނަވަމެވެ. ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީން ދިވެހި ކޮންމެ ރައްޔިތަކަށް ލިބިދީފައިވާ ޙައްޤުތައް ކަށަވަރުކޮށްދިނުމުގައި، ސަރުކާރުން ކުރައްވަމުން ގެންދަވާ އިޚްލާސްތެރި މަސައްކަތްޕުޅުތަކަށް ހުއްޓުން ގެނައުމަށްޓަކައި މަޑަވެލި ކައުންސިލް އިދާރާގެ އިސްނެންގެވުމާއި އެކު ނެރެފައިވާ ނޫސްބަޔާން މަޑަވެލި އެމްޑީޕީގެ 4 ގޮފިންނާއި މެމްބަރުންގެ ފަރާތުން އެންމެ ހަރުކަށި އިބާރާތުން ކުއްވެރިކުރަމެވެ.

ރާއްޖޭގައި އެންމެ ފުރަތަމަ ބޭއްވުނު ލޯކަލް ކައުންސިލް އިންތިޚާބަށް ފަހުގައި މިއަދާއި ހަމައަށް 1 އަހަރާއި ކައިރި މުއްދަތެއް ފާއިތުވެގެން ގޮސްފައިވިއިރުވެސް، މިދާއިރާގެ އަތޮޅު ކައުންސިލްގެ ނާއިބް ރައީސާއި، މަޑަވެލި ކައުންސިލްގެ ރައީސްގެ ފަރާތުން ރަށުގެ ތަރައްޤީއަށް އެއްވެސް ވަރެއްގެ މަސައްކަތްތަކެއް ކުރައްވާފައި ނުވާކަމީވެސް ރައްޔިތުން ނުހަނު ސުވާލު އުފެދޭ ކަމެކެވެ. ރަށުގެ ތަރައްޤީއަށް މަސައްކަތް ކުރުމުގެ ބަދަލުގައި އިސްވެ ބަޔާންކުރެވުނު ފަރާތްތައް ނިސްބަތްވާ ޕާޓީ ޕްރޮމޯޓް ކުރުމުގެ ކެމްޕެއިން ޢާންމުން އެއްވެ އުޅޭ ތަންތާގައްޔާއި ހޮޓާ ހޮޓަލުގައި ފާޅުކަން ބޮޑު ގޮތެއްގައި ކުރައްވަމުން ގެންދާކަމީ ކައުންސިލަރުންގެ ނާޤާބިލް ކަމާއި ތާކުންތާކު ނުޖެހޭކަމުގެ އިތުރުން މިބޭފުޅުންގެ ޒިންމާ އުފުލުމުގެ ނުހަނު ބޮޑަށް ރައްޔިތުންނަށް އޮޅުވާލާފަދަ ކަންކަން ކަމުގައިވެސް މިފުރުސަތުގައި ދެކެމެވެ. އަދި މިފަދަ ތާކުންތާކުނުޖެހޭ ދޯދިޔާ ކަންތައްތައް ކުރުމުގެ އިތުރުން މިދާއިރާގެ ތެރެއިން ރައްޔިތުންގެ މަޖިލީހާއި އެހެނިހެން ދިމަދިމާލުން ރަށަށް ލިބެންއަންނަ ތަރައްޤީ އަށް ހުއްޓުން އަރުވައި، ސަރުކާރު އިނދަޖައްސާލުމުގެ ކޮށި ވިސްނުމުގައި މިބޭފުޅުން ހިންގަވާ ޙަރަކާތްތަކަކީ ކަނޑައެޅިގެން ރައްޔިތުންނަށް އޮޅުވާލައި މިބޭފުޅުން ހޮއްވެވި މަޤުސަދާއި ވެސް ތަޢާރުޒްވާ ކަމެއްކަމުގައި ފާހަނގަކުރަމެވެ.

އަދި ދަންނަވަމެވެ. މަޑަވެލި ދާއިރާގެ އިއްޒަތްތެރި މެމްބަރ މުޙައްމަދު ނާޒިމް (މިދާއިރާގެ ފަރާތުން މަޖިލީހަށް އައްޔަންކޮށްފައިވާ) ސަރުކާރުގެ ތެރެއިން ރައްޔިތުންނަށް، ޚާއްސަކޮށް މަޑަވެލި ދާއިރާއަށް ފޯރުކޮށްދެއްވަންޖެހޭ ކަންތައްތައް ފޯރުކޮށްދެއްވުމުގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް ފާޅުކަން ބޮޑު ގޮތެއްގައި ކުރައްވަމުން ގެންދަވާއިރުވެސް ނާޒިމްގެ މަސައްކަތްޕުޅުތަކަށް ހުރަސްއެޅޭފަދަ ގޮތަކަށް މުޖުތަމަޢުގައި ފިތުނަ ފަސާދަ ޢާއްމުވާފަދަ ދޯހަޅި އިބާރާތްތަކުން މަޑަވެލި ދާއިރާގައި ހިމެނޭ އަތޮޅު ކައުންސިލުންނާއި، ރަށުކައުންސިލްތަކުން ނޫސްބަޔާންތައް ނެރެ ޢާންމު ކުރަމުންދާ ކަމީ މަޑަވެލީގެ ތަރައްޤީއާއި މުޅި ދާއިރާގެ ތަރައްޤީ ބަނަކޮށްލުމުގެ މަޤުސަދުގައި ކަނޑައެޅިގެން ސަރުކާރާއި އިދިކޮޅު ފަތާރްތަކުގެ މަކަރުވެރި އެޖެންޑާއާއި އެއްގޮތަށް މިބޭފުޅުން ހިންގާ ބޮޑު ޖަރީމާ އެއް ކަމުގައި ވެސް މިފުރުސަތުގައި ދަންނަވަމެވެ.

ދެކެމެވެ. މިހެން ކަންތައްވުމުގެ އަސްލެއްކަމުގައި ބެލެވެނީ ކަމަށް ނާޤާބިލް ބަޔަކު ނޭގުމުގެ ތެރެއިން ނަމަވެސް ރައްޔިތުންނަށް އައްޔަން ކުރެވުމާއި، ރައްޔިތުންނަށް ފާއިދާއާއި ލާބަ ހުރި ގޮތެއްގައި ކަންކަން ބައްޓަންކުރުމުގެ ކުޅަދާނަ ކަމާއި ހުނަރުވެރިކަން މިބޭފުޅުންގެ ކިބައިގައި ނެތުމެވެ.

ދަންނަވަމެވެ. މަޑަވެލި ދާއިރާގެ އިއްޒަތްތެރި މެމްބަރަކީ މުޅިމަޑަވެލީގެ ތަރައްޤީއާއި، ވަކިވަކި ފަރުދުންގެ ބޭނުންތަކަށް ނުހަނު ބޮޑު އިސްކަމެއްދެއްވައިގެން މަޖިލީސްތެރޭގައާއި، މަޖިލީހުން ބޭރުގައި އަދި ސަރުކާރުތެރޭގައި ގިނަގުނަ މަސައްކަތްޕުޅުތަކެއް އަމިއްލަ އިސްނެންގެވުމުގެ މަތީން ކުރައްވަވަމުން ގެންދަވާ ފަރާތަކަށް ވީހިނދު ނާޒިމް އާއި، ގުޅޭ ގޮތުން މަޑަވެލި ކައުންސިލްގެ އިދާރާ ޙިއްސާވާގޮތަށް ނެރުނު ނޫސްބަޔާން ކުށްވެރިކޮށް މިފަދަ ނޫސް ބަޔާން ނުނެރުމަށް ނުހަނު އިޚްލާސްތެރިކަމާއިއެކު އެދެމެވެ. އަދި ކުރިމަގުގައި މިފަދަ ނޫސްބަޔާން ނެރޭނަމަ މަޑަވެލީ ގައި ތިބި އެމްޑީޕީ މެންބަރުން ހިމޭނުން ނުތިބޭނެ ކަމުގެ ޔަޤީން ކަން އަރުވަމެވެ. އަދި މިފުރުސަތުގައި އިސްވެ ބަޔާން ކުރެވުނު ޙަޤީޤަތެއްނެތް ނޫސްބަޔާނާއި ގުޅިގެން މަޑަވެލީ ކައުންސިލްގެ 05 މެމްބަރުންނާއި، އަތޮޅު ކައުންސިލްގެ ނާއިބްރައީސް އިސްތިޢުފާ ދެއްވުމަށް މިހިނދުން މިހިނދަށް ގޮވާލަމެވެ.

19 ޖެނުއަރީ 2012

ޝިޢާރު ޒާހިރު )ރަންކުރި ގޮފީގެ ރައީސް) ޙާޝިމް ޢަލީ )ފެހިކުރި ގޮފީގެ ރައީސް) ޝިހާނާ ޒާހިރު )ފަސްތަރި ގޮފީގެ ރައީސާ( ޒިއާމް ޢަބްދުލް ހާދީ (މަޑަވެލި ފަސްފިޔަ ގޮފީގެ ރައީސް)