އެމްޑީޕީގެ ތިޔަހެނެއް ނުކިޔޭނެ ސިލްސިލާގެ ދަށުން ބާއްވާ އެއްވުމެއް މާދަމާ ހަވީރު ސުނާމީ ބިނާގައި އޮންނާނެ

އިބްރާހީމް ރާމިޒް

mdp-tsunami-binaa-evvunސުނާމީ ބިނާ ސަރަހައްދުގައި އެމްޑީޕީން އެންމެ ފަހުން ބޭއްވި އެއްވުން ..ފޮޓޯ: މައުރޫފް ޚަލީލް

އެމްޑީޕީ އާއި ސަރުކާރާއި މެދު އިދިކޮޅު ސިޔާސީ ފަރާތްތަކުން ކުރާ ލާދީނީ ތުހުމަތުތަކަށް ރައްދު ދިނުމަށް އެމްޑީޕީން ފަށާފައިވާ “ތިޔަހެނެއް ނުކިޔޭނެ” ސިލްސިލާގެ ދަށުން ބާއްވާ އެއްވުމެއް މާދަމާ (ހޮނިހިރު ދުވަހު) ހަވީރު ސުނާމީ ބިނާ ސަރަހައްދުގައި އޮންނާނެއެވެ.

އެމްޑީޕީން މިމަހުގެ 11 ވީ ބުދަ ދުވަހުގެރޭ ފެށި “ތިޔަހެނެއް ނުކިޔޭނެ” ކެމްޕެއިންގެ ދަށުން މިހާތަނަށް އެ ޕާޓީގެ ހަރުގޭގައި ވަނީ 8 ޖަލްސާއެއް ބާއްވާފައެވެ. އަދި މި ޖަލްސާތަކަށް ވަނީ ވަރަށް ބޮޑު ތަރުހީބެއް ލިބިގެން ގޮސްފައެވެ.

މާދަމާ ސުނާމީ ބިނާ ސަރަހައްދުގައި ބާއްވާ އެއްވުން ފެށޭނީ މާދަމާ ހަވީރު 4 ޖަހާއިރުއެވެ. މިއަދު ބާއްވަން ހަމަޖެއްސި މި އެއްވުން ލަސްކޮށްފައި މިވަނީ މި އެއްވުމުގައި ބައިވެރިވާން ބޭނުންވާ ރަށްރަށުގެ ވަރަށް ގިނަ އަދަދެއްގެ މީހުންނާއި، މި ވަގުތު ރަށުން ބޭރުގައި ތިއްބެވި ރައްޔިތުންގެ މަޖިލީހުގެ ވަރަށް ގިނަ އެމްޑީޕީ މެންބަރުންގެ ވެސް އެދިވަޑައިގަތުމުގެ މަތިން ކަމަށް އެމްޑީޕީން ބުނެއެވެ.