މި ރާއްޖޭގެ ސަލާމަތީ ބާރުތަކަށް އަމުރުކުރުމުގެ އެއްވެސް ބާރެއް ކޯޓުތަކަށް ލިބިގެން ނުވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން ވިދާޅުވެއްޖެ

ތަހުގީގު ނުހިންގޭ ޝަރުޢީ ނިޒާމެއް ބޭނުމެއް ނޫން – ޠޯރިޤް

އަޅުގަނޑުމެންގެ މައްޗަށް ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާނަމަ ޖަވާބުދާރީވާން ޖެހޭނެ. ނޫނީ އޮންނަން ޖެހޭނީ ކުޑަގޮޅީގައި – ޝިފާޒް

އިބްރާހީމް ރާމިޒް/ފަހަލަ ސައީދު

moosa-haruge

މިރާއްޖޭގެ ގައުމީ ދިފާއީ ބާރާއި ސަލާމަތީ ބާރުތަކަށް އަމުރުކުރުމުގެ އެއްވެސް ބާރެއް ކޯޓުތަކަށް ލިބިގެން ނުވާ ކަމަށް އެމްޑީޕީގެ ޗެއަރޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ހުޅުހެންވޭރު ދާއިރާގެ މެންބަރު ރީކޯ މޫސާ މަނިކު ވިދާޅުވެއްޖެއެވެ.

އެމްޑީޕީގެ “ތިޔަހެނެއް ނުކިޔޭނެ” ސިލްސިލާގެ ރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މޫސަ ވިދާޅުވީ ގައުމީ ދިފާއީ ބާރުގެ މައްޗަށް އަމުރުކުރެވޭނީ ހަމައެކަނި ރައީސުލްޖުމްހޫރިއްޔާއަށާއި، ރައްޔިތުންގެ މަޖިލީހަށް ކަމަށާއި، އެއީވެސް ވަކި އުސޫލުތަކުގެ މަތީން ކަމަށެވެ.

ފުލުހުންނަކީ ޖިނާޢީ ކުށްތައް ބަލައި، ތަޙްޤީޤް ކުރުމުގެ ބާރު ޤާނޫނު އަސާސީއިން ލިބިދީފައިވާ ބައެއް ކަމަށާއި، “ފުލުހުން ޗިޓް ފޮނުވީމާ ނުދިއުމަކީ ޤާނޫނީ ކުށެއް، އެހެންވީމާ ޢަބްދުﷲ ގާޒީ އެވަނީ ކުށްވެރިވެފައި،” ކަމަށް މޫސަ ވިދާޅުވިއެވެ. އަދި ފުލުހުންނާއި ސިފައިންނާ ދިމާނުކުރުމަށް އިދިކޮޅު ފަރާތްތަކަށް މޫސަ އިންޒާރުކުރެއްވިއެވެ.

ރޭގެ ޖަލްސާގައި ވާހަކަދެއްކެވި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ މަނަދޫ ދާއިރާގެ މެންބަރު މުޙައްމަދު ޠޯރިޤް ވިދާޅުވީ ތަހުގީގު ނުހިންގޭ ޝަރުޢީ ނިޒާމެއް ބޭނުންފުޅު ނޫން ކަމަށެވެ. އަދި މި ރާއްޖޭގެ އަދުލު އިންސާފު ގެއްލިގެން ދާތަން ބައްލަވަން ނުހުންނެވުމަށް ރައީސުލްޖުމްހޫރިއްޔާ އަށް ގޮވާލައްވާ ކަމަށާއި، އަދުލު އިންސާފް ހަމަ މަގަށް އެޅުވުމަށް ރައްޔިތުން ނިކުތުމަށް ވެސް ޠޯރިޤް ވަނީ ރޭގެ ޖަލްސާ ގައި ގޮވާލައްވާފައެވެ.

thoriq-444-x-297

މި ޖަލްސާގައި އެމްޑީޕީ ޕާލަމެންޓްރީ ގްރޫޕްގެ ވިޕް އަދި ރައްޔިތުންގެ މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު މުޙައްމަދު ޝިފާޒް ވިދާޅުވީ “އަޅުގަނޑުމެންގެ މައްޗަށް ސާބިތު ނުހިފޭ ދޮގު ވާހަކަ ދައްކާނަމަ ޖަވާބުދާރީވާން ޖެހޭނޭ ކަމަށާއި ނޫނީ އޮންނަން ޖެހޭނީ ކުޑަގޮޅީގައި،” ކަމަށާއި، ބައިލައްކަ މީހުންގެ ބޮލުގައި ލާދީނީ އިލްޒާމް އަޅުވަމުންދާއިރު ވެސް މިހާތަނަށް ހިއުމަންރައިޓްސް ކޮމިޝަނުން އެކަމަށް އެއްވެސް ކޮމެންޓެއް ކޮށްފައިނުވާ ކަމަށެވެ.

shifaz1

ޝިފާޒް އިތުރަށް ވިދާޅުވީ ބައެއް ޓީވީ ސްޓޭޝަންތަކުން ފޮނުވާ ދޮގު ޚަބަރުތަކުގެ ސަބަބުން ގައުމު ފަސާދަވެއްޖެ ކަމަށާއި، ޢަބްދުﷲ ގާޒީއަށް ދެން ރާއްޖޭގެ އެއްވެސް ޝަރުޢީ ކޯޓެއްގެ ގާޒީއަކަށް ނުހުރެވޭނޭ ކަމަށާއި، ޙުކުމްކުރަން އޭނާ ކޯޓަކަށް ނުވައްދާނޭ ކަމަށެވެ.