ފަހަލަ ސައީދު
ގާނޫނު އަސާސީގެ އެއްވެސް މާއްދާއެއް ބާޠިލްކުރުމުގެ ބާރު އެއްވެސް ދަށުކޯޓަކަށް ލިބިގެން ނުވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ޕޮލިޓިކަލް އެޑްވައިޒަރު އިބްރާހީމް އިސްމާޢީލް (އިބުރާ) ވިދާޅުވެއްޖެ އެވެ.
އެމްއެންބީސީގެ ރޭގެ ރާއްޖެ މިއަދު ޕްރޮގްރާމް ގައި ވަހަކަފުޅު ދައްކަވަމުން އިބުރާ ވިދާޅުވީ ޤާނޫނު އަސާސީގެ މާއްދާއެއް ބާޠިލްކުރެވޭނީ ހައިކޯޓަށާއި، ސްޕްރީމް ކޯޓަށް ހުށަހަޅާ މައްސަލަތަކުގައި ޤާނޫނު ތަޢާރަޒްވާ ފަދަ ކަމެއް ދިމާވެއްޖެ ޙާލަތެއްގައެވެ.
އެހެން ކަމުން ޤާނޫނު އަސާސީގެ 125 ވަނަ މާއްދާ ބާޠިލް ކުރުމަކީ ދަށު ކޯޓުގެ އިޙްތިސާސްގެ ތެރޭގައި ހިމެނޭ ކަމެއް ނޫން ކަމަށެވެ.
އިބުރާ ވިދާޅުވީ ސުލޫކީ މައްސަލަތަކެއް ހުރި ޤާޒީއަކު ހައްޔަރުކުރުމާ ގުޅިގެން އޭނާ ސަލާމަތްކުރަން މަސައްކަތް ކުރަން ލަދުގަންނަން ޖެހޭނޭ ކަމަށެވެ.