ނޫސް ބަޔާން: ދ.އަތޮޅު ކައުންސިލުން ޢަބްދުﷲ ގާޒީގެ މައްސަލައިގާ ނެރެފައިވާ ނޫސްބަޔާނާ ގުޅޭގޮތުން އެމްޑީޕީ ކުޑަހުވަދޫ ދާއިރާއިން ނެރޭ ނޫސް ބަޔާން.

mdp-logo

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމާއި ބެހޭ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 3 އަދި 4 ކާ ޚީލާފަށް ކައުންސިލް އިންތިޚާބުގައި ވާދަ ކުރުމުގެ ފުރުޞަތު ދ.އަތޮޅު ކައުންސިލްގެ
ރައީސަށް ޝަރުޢީ ދާއިރާއިން ދެއްވާފައިވާ ދެއްވުމަކީ ޝަރުޢީ ދާއިރާގެ މިނިވަންކަން ދ. އަތޮޅު ކައުންސިލްގެ ރައީސަށް ކަށަވަރު ވެގެން ދާނެ ކަމެއް ކަމުގައި ދެކެމެވެ.

އިދާރީ ދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގުމުގެ ޤާނޫނުގެ 12 ވަނަ މާއްދާގެ (ނ) ގެ 3 ގައި
ބުނަނީ ” މިމާއްދާގެ (4) އާއި (5) ގައި ބަޔާންކޮށްފައިވާ ކުށްތައް ފިޔަވައި އެހެން ޖިނާޢީ ކުށެއް ކުރިކަން ޘާބިތުވެ 12 (ބާރަ) މަސްދުވަހަށްވުރެ ދިގު މުއްދަތެއްގެ ޙުކުމެއް ކުރެވިފައިވާ މީހަކު ނަމަ އެ ޙުކުމެއް ތަންފީޒުކޮށް ނިމުނުތާ ، ނުވަތަ އެ ޙުކުމުން ކަނޑައެޅުނު އަދަބު މަޢާފު ކުރެވުނުތާ 3 (ތިނެއް) އަހަރު ނުވާ މީހަކު ކަމުގައިވުން.” މިގޮތަށެވެ. 12 ވަނަ މާއްދާހެ (ނ) ގެ 4 ގައި ބުނަނީ އިސްލާމް ދީނުގައި ޙައްދެއް ކަނޑައެޅިފައިވާ ކުށެއް ނުވަތަ ޚިޔާނާތުގެ ކުށެއް ނުވަތަ ރިޝްވަތުގެ ކުށެއް ، ނުވަތަ މަސްތުވާ ތަކެތީގެ ވިޔަފާރި ކުރުމުގެ ނުވަތަ މަސްތުވާ ތަކެތި ބޭނުން ކުރުމުގެ ކުށެއް ކުރިކަން ޝަރީޢަތަށް ޘާބިތުވެފައިވާ މީހަކު ކަމުގައިވުން. މިގޮތަށެވެ.

ދ. އަތޮޅު ކައުންސިލްގެ ރައީސަކަށް މިހާރު ހުންނެވި ބޭފުޅާއަކީ 1984 ވަނަ އަހަރު އެލައިޑްހެލްތު
ސަރވިސަސް ޓަރޭނިންގ ސެންޓަރ ގެ ކާތިބުކަމުގެ މަޤާމުގައި ހުންނަވައިގެން އެ އިދާރާގެ ވެރިމީގެ ސޮއި އަމިއްލަފުޅަށް ޗެކެއްގައި ކުރައްވައިގެން އެމް.އެމް.އޭ އިން ފައިސާ ނެގުމުގެ މައްސަލައެއްގައި އެތައްދުވަހަކު ޖަލުގެ ކުޑަގޮޅީގައި ބިޑިއަޅުވާފައި ބޭވުމަށްފަހު އަމިއްލަ އިޢުތިރާފުން ޚިޔާނާތުގެ ކުށް ޝަރީޢަތަށް ޘާބިތުވެ ށ.ގޮއިދޫއަށް އަރުވާލައި އެޙުކުމް ތަންފީޘު ކުރެވިފައިވާ ބޭފުޅެއް ކަމުގައި ވީނަމަވެސް އެ ވިދާޅުވާ މިނިވަން ޝަރުޢީ ނިޒާމުން އެބޭފުޅާޔަކީ އެފަދަ ކުށެއް ކުރައްވާފައިވާ ބޭފުޅެއް ނޫން ކަމަށް ލިޔުމުން ޖަވާބުތައް ނެރުއްވައި އެބޭފުޅާޔަށް ކައުންސިލަށް ކުރިމަތި ލެއްވުމުގެ ފުރުޞަތު ތަނަވަސް ކޮށްދެއްވީވެސް މި ޢަބްދުﷲ ގާޒީ ކަމަށް ވީއިރު ދ.އަތޮޅު ކައުންސިލްގެ ރައީސް ޢަބްދުއްﷲ ގާޒީ ޙިމާޔަތް ކުރުމަށް އަތުކުރި އޮޅާލައި ނިކުތުމަކީ ހައިރާންވާން ޖެހޭ ކަމެއް ނޫން ކަމުގައި ދަންނަވަމެވެ.

ކަންމިހެން ހުރުމާއިއެކު ދ. އަތޮޅު ކައުންސިލުން ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމު ހަމަމަގުން
ނައްޓާލައި މުޅި ޤައުމުގައި ޢަދުލް އިންސާފު ގެއްލި ދިޔަ މި ދަނޑިވަޅުގައި ދިވެހިރާއްޖޭގެ ސަލާމަތާއި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރު ކޮށްދެއްވުމުގެ މުހިންމު ވާޖިބު އެބަޔެއްގެ ބޮލުގައި އެޅިފައިވާ ޤައުމުގެ ދިފާޢީ ބާރުތަކުން ކުރައްވާ މި މުހިންމު މަސައްކަތް ހުއްޓާލަން ގޮވާލާފައި އެވާ ގޮވާލުމަކީ ދ. އަތޮޅު ކައުންސިލްގެ ރައީސްގެ އަމިއްލަ މަސްލަޙަތުގެ މައްޗަށް ގޮވާލާފައިވާ ގޮވާލުމެއް ކަމަށާއި ، މިގޮވާލުން މިޕާޓީގެ ކުޑަހުވަދޫ ދާއިރާއިން ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމުގައި ދަންނަވަމެވެ.

އެމްޑީޕީ ކުޑަހުވަދޫ ދާއިރާގެ ނޫސް ބަޔާން ވިދާޅުވުމަށް މި ލިންކަށް ފިއްތަވާލައްވާ