ދިވެހި ޖުމްހޫރިއްޔާގެ ގާނޫނު އަސާސީ ޙިމާޔަތްކުރުމަކީ ދައުލަތުގެ އެންމެމަތީ ވެރިޔާގެ ގާނޫނީ ވާޖިބެއް- އެމްޑީޕީގެ ޗެއަރޕާސަން

ފަހަލަސަޢިދު

moosa-haruge

މިރާއްޖޭގެ ގާނޫނުއަސާސީ ޙިމާޔަތް ކުރުމަށްޓަކާ ދައުލަތުގެ އެންމެމަތީ ވެރިޔާގެ ހައިޘިއްޔަތުން ރައީސްނަޝީދު ކުރައްވަމުން ގެނދަވާ ގާނޫނީ މަސައްކަތް ތައް ފުރިހަމަކުރުމަށްޓަކާ އެމަނިކުފާނާ އެކު ވާންޖެހޭ ކޮންމެ ގުރުބާނީއެއް ވުމަށް އެމް.ޑީޕީ އޮތީތައްޔާރަށް ކަމުގައި އެޕާޓީގެ ޗެއަރ ޕާސަން ރީކޯމުސާމަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ” ތިހެނެއްނުކިޔޭނެ” ކެމްޕޭނުގެ ސިލްސިލާ ޖަލަސާގައި ރޭ ވާހަކަފުޅުދައްކަވަމުންނެވެ.
މޫސާމަނިކު ވިދާޅުވީ ކުށްކުރާމީހުން ހައްޔަރުކުރުމަކީ ފުލުހުންނަށް ލިބިފައިވާ ގާނޫނީ ބާރެއްކަމަށާ އެބާރުގެ މައްޗަށް އެއްވެސްފަރާތަކުން އަރައެއް ނުގަނެވޭނެ ކަމުގައެވެ.

ރާއްޖޭގެ ޝަރުއީ ކޯޓުތަކަށް އޮތީ ޝަރީޢަތް ކުރުމުގެ ބާރު ކަމަށާ އެއްވެސް ބާރަކުން އަނެއްބާރުގެ މަށްޗަށް އަމުރުކޮށް ގާނޫނީގޮތުން ފުލުހުންނަށް ލިބިފައިވާ ބާރެއް ނިގުޅައި ގަތުމަކީ ކޯޓުތަކުގެ އިޚުތިޞާސްގައި ހިމެނޭކަމެއް ނޫންކަމުގައިވެސް މޫސާމަނިކު ވިދާޅުވިއެވެ.

ގާނޫނުއަސާސީ އަކީ އެންމެންގެ މައްޗަށް ހެދިފައިވާ އެއްޗެއްކަމަށާ ވަކިބަޔަކަށް ވަކިގޮތެއްހެދުމަކީ ގާނޫނުއަސާސީގެބާރު ކަނޑުވާލުންކަމަށް ކަމަށް ވީހިނދު ދިވެހިރާއްޖޭގެ ސަލާމަތީ ބާރުގެ ފުލުހުންނަށް ލިބިފައިވާގާނޫނީބާރު ފުނޑު ފުނޑު ކޮށްލުމަށް ޖުޑިޝަރީއާ އިދިކޮޅުފަރާތްތަކުން ހިންގަމުންގެނަދާ ޖަރީމާ ތަކުގެ ޒިންމާ އެފަރާތްތަކުން އުފުއްލަވަން ޖެހިވަޑައިގަންނަވާނެކަމުގައިވެސް މޫސަވިދާޅުވިއެވެ.