ތިމަރަފުށީ އެއަރޕޯޓް ތަރައްޤީކޮށް ހިންގާ ފަރާތަކަށް ޓޫރިސްޓް ރިޒޯޓް ހިންގުމަށްޓަކައި ދެ ފަޅުރަށެއް ދިނުމަށް ނިންމައިފި

cabinet-450-x-299

ތިމަރަފުށީ އެއަރޕޯޓް ތަރައްޤީކޮށް ހިންގާ ފަރާތަކަށް ޓޫރިސްޓް ރިޒޯޓް ހިންގުމަށްޓަކައި، ދެ ފަޅުރަށް ދިނުމަށް ވަޒީރުންގެ މަޖިލީހުން އިއްޔެ ނިންމައިފިއެވެ.

އެއަރޕޯޓް ތަރައްޤީ ކުރުމަކީ، ވަރަށްބޮޑު ޚަރަދުތަކެއް ހިނގާ ކަމަކަށްވާތީ، މިފަދަ ކަމަކަށް އިންވެސްޓް ކުރާއިރު، ޚަރަދު ފޫބެއްދުމަށްޓަކައި ޓޫރިސްޓް ރިޒޯޓްގެ ގޮތުގައި ތަރައްޤީ ކުރުމަށް ފަޅުރަށްރަށް ދޫކުރުމަކީ، އެ ސަރަޙައްދެއްގެ ޞިނާޢީ ކުރިއެރުމަށާއި، ވަޒީފާގެ ފުރްޞަތުތައް އިތުރުކުރުމަށް ލިބިގެންދާ ވަރަށްބޮޑު ބާރެއްކަން އިއްޔެގެ ޖަލްސާގައި މެންބަރުން ފާހަގަކުރެއްވިއެވެ.

ސަރުކާރުން ތިމަރަފުށީގައި ހައްދަވާ އެއަރޕޯޓް ހެދުމަށް ބޭނުންވާ ސަރަޙައްދުގެ ގޮތުގައި، 31 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް، މިދިޔަ އަހަރު ވަނީ ނިންމާފައެވެ.