އެމްޑީޕީގެ ތިޔަހެނެއް ނުކިޔޭނެ ސިލްސިލާގެ 6 ވަނަ ޖަލްސާ މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

haruge-dheneh-nukiyeyne-16-01-2012-45

އެމްޑީޕީން “ތިޔަހެނެއް ނުކިޔޭނެ” މި ނަމުގައި ފަށާފައިވާ ފޯރިގަދަ ކެމްޕެއިންގެ ދަށުން ބާއްވާ ސިލްސިލާ ޖަލްސާ މިރޭ ވެސް އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.

މިރޭ 8.45 ގައި ފަށާ މި ޖަލްސާ ގައި ވެސް، އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ބައެއް މެންބަރުންނާއި، ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ބައެއް ކޮމިޓީތަކުގެ ބޭފުޅުން ވާހަކަދައްކަވާނެއެވެ.

މިރޭގެ ޖަލްސާ އަކީ މި ސިލްސިލާގެ ދަށުން ބާއްވާ 6 ވަނަ ޖަލްސާ އެވެ.