އެމްޑީޕީގެ ވަގުތީ ސްޕޯކްސްޕާސަން ކަމަށް އިންތި ޢައްޔަންކޮށްފި

އިބްރާހީމް ރާމިޒް

inthi1

އެމްޑީޕީގެ ވަގުތީ ސްޕޯކްސް ޕާސަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒް ފަހުމީ (އިންތި) ޢައްޔަންކޮށްފިއެވެ.

އިންތި މި މަގާމަށް ޢައްޔަން ކޮށްފައި މިވަނީ އެ މަގާމުގައި މިހާތަނަށް ދެމިހުންނެވި މ.ވައިޓްސޭންޑްސް ފާތުމަތު ޝަހީދާ އެ މަގާމުން އިސްތިއުފާދެއްވުމުންނެވެ.

ޝަހީދާ އެ މަގާމުން އިސްތިއުފާދެއްވީ މިވަގުތު އެފަދަ މަގާމެއް އަދާކުރުމަށް ވަގުތުދެއްވެން ނެތް ކަމަށް ވިދާޅުވެއެވެ. ޝަހީދާ ވަގުތީ ސްޕޯކްސްޕާސަން ކަމުން އިސްތިއުފާ ދެއްވި ނަމަވެސް އޭނާ އެމްޑީޕީގައި ދެން އަދާކުރައްވަމުން ގެންދަވާ އަނެއް މަގާމް ކަމަށްވާ އެޕާޓީގެ މީޑިއާ ކޮމިޓީގެ މުގައްރިރު ކަމުން އިސްތިއުފާދެއްވާފައެއް ނުވެއެވެ.

” އަޅުގަނޑު އެމްޑީޕީގެ ވަގުތީ ސްޕޯކްސް ޕާސަން ކަމުން މިއަދު އިސްތިއުފާ މިދިނީ، މި 2 މަސްއޫލިއްޔަތު އަދާކުރުމަށް އަޅުގަނޑަށް ވަގުތު ނުދެވިގެން. މިހާރު ވެސް އަޅުގަނޑު މިހިރީ އެމްޑީޕީގެ މީޑިއާ ކޮމިޓީގެ މުގައްރިރު ކަމުގަ.” އެމްޑީޕީގެ ހަރަކާތްތައް ވިލަރެސްކޮށް ހިންގުމުގައި އިސްދައުރެއް އަދާކުރައްވަމުން ގެންދަވާ ޝަހީދާ ވިދާޅުވިއެވެ.