ރައީސުލްޖުމްހޫރިއްޔާ އާޓްސް ކައުންސިލަށް ބޭފުޅުން ހަމަޖައްސަވައިފި

މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ދަށުން އުފައްދަވާފައިވާ އާޓްސް ކައުންސިލަށް ރައީސުލްޖުމްހޫރިއްޔާ ބޭފުޅުން ހަމަޖައްސަވައިފިއެވެ.

ކައުންސިލްގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންނަކީ، ކްރާފްޓްސްގެ ދާއިރާއިން ގަލޮޅު އައިފާ މޫނިސާ ޢަބްދުﷲ ލުޠުފީއާއި، ވިޜުއަލް އާޓްސްގެ ދާއިރާއިން މައްޗަންގޮޅި ވިކްޓްރީ ފަޒާއިލް މުޞްޠަފާ ލުޠުފީއާއި، ފިލްމީ ދާއިރާއިން އައްޑުއަތޮޅު މަރަދޫ މޫންލައިޓްހައުސް ޙުސައިން ނޫރައްދީން ނާޞިރާއި، ލިޔުންތެރިކަމުގެ ދާއިރާއިން ހެންވޭރު ހުދުފިނިފެންމާގޭ ޙަސަން ޝާކިރު މުޙަންމަދާއި، މިއުޒިކުގެ ދާއިރާއިން މާފަންނު މާނެލް މުޙަންމަދު ޙަސަންދީދީއާއި، ތިއޭޓަރ އެންޑް ޑްރާމާގެ ދާއިރާއިން ގަލޮޅު ޑޭޒީފެހި މުޙަންމަދު ޙިލްމީއާއި، މިނިސްޓްރީ އޮފް ޓޫރިޒަމް، އާޓްސް އެންޑް ކަލްޗަރގެ ފަރާތުން ގަލޮޅު ބޮޑުފެންވަޅުގޭ މުޙަންމަދު މުޞްޠަފާ ޙުސައިނާއި، ހެންވޭރު ވިންޓަރބްލޫ އަޙްމަދު ޝުޢާއެވެ.