ގްލޯބަލް ޕްރޮޖެކްޓްސް ޑިވެލޮޕްމަންޓް ކޮމްޕެނީއާ ޙަވާލުކުރައްވައިގެން ސަރުކާރުން ތަރައްޤީ ކުރައްވަމުން ގެންދަވާ ގުޅީފަޅު ތަރައްޤީ ކުރެއްވުމުގެ މަސައްކަތް ކުރިއަށްދާގޮތް ބައްލަވާލެއްވުމަށް، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ މެންދުރުފަހު ގުޅީފަޅަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގުޅީފަޅަށް ކުރެއްވި ޒިޔާރަތުގައި، ގުޅީފަޅުގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ފްލެޓްތަކާއި، މިސްކިތާއި، ޕްރީ ސްކޫލް އެޅުމުގެ މަޝްރޫޢު ކުރިއަށްދާގޮތް ބައްލަވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގުޅީފަޅަށް ކުރެއްވި ޒިޔާރަތުގައި، ޚަބަރުފަތުރާ ވަސީލަތްތަކާ ބައްދަލުކުރައްވައި، ގުޅީފަޅު މަޝްރޫޢުގެ މަސައްކަތްތައް ކުރިއަށްދާ ގޮތާ ބެހޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ޖަވާބު ދެއްވިއެވެ.