ފުލުހުންގެ ގާނޫނުން ލިބިދީފައިވާ ގާނޫނީ ބާރުގެ ބޭނުން ކުރެއްވުމަށް އެމްޑީޕީގެ ޗެއަރ ޕާސަން ފުލުހުންނަށް އިލްތިމާސްކުރައްވައިފި

ފަހަލަސަޢީދު

haruge-dheneh-nukiyeyne-14-01-2012-117

ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ފުލުހުންގެ ގާނޫނުގައި އެކި އެކި ކުށްކުށުގެ ތުހުމަތުގައި ހައްޔަރުކުރެވޭމީހުން 24 ގަޑިއިރުވަންދެން ތަހުގީގަށް ހައްޔަރުކުރުމުގެ ބާރު ފުލުހުންގެ ގާނޫނުން ލިބިދީފައި ވާއިރު ވަކިބަޔަކު ހައްޔަރު ކުރުމުން ކޯޓުން ނެރޭ އަމުރަކާ ގުޅިގެން ފުލުހުންގެ ތަޙުގީގަށް ހުރަސް އެޅެމުން ދާކަމަށާ 24 ގަޑިއިރުވަންދެން ކޮންމެމީހަކުވެސް ބަންދުގައި ބެހެއްޓުމުގެ ބާރު ފުލުހުންގެ ގާނޫނުން ލިބިދީފައިވާއިރު ކޯޓަކުން ކުރާ އަމުރަކަށް ފުލުހުންގެ ގާނޫނު ބާޠިލްވެގެން ނުދާނޭކަމުގައި އެމް.ޑީޕީގެ ޗެއަރ ޕާސަން ރީކޯމޫސާމަނިކު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެންވިދާޅުވީ އެމްޑީޕީގެ ” ތިހެނެއް ނުކިޔޭނެ” ކެންޕޭނުގެ ސިލްސިލާ ޖަލްސާތަކުގެ ތެރެއިން ރޭ އެޕާޓީގެ މައި ހަރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މޫސަވިދާޅުވީ ގާނޫނާ ޚިލާފް ވާ ފަރާތްތަކުގެ ތަޙުގީގު ހިންގުމުގެ ގާނޫނީ ބާރަކީ ގާނޫނަކުން ފުލުހުންނަށް ދީފައިވާ ބާރެއްކަމަށާ އެބާރު ފުލުހުންނަށް ހޯދައި ދިނީ ރައްޔިތުންގެ ގާނޫނު ހަދާ މަޖިލީހުން ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން މޫސަވިދާޅުވީ ރާއްޖޭގައި ބަޔަކު ރާވައިގެން ހިންގަމުންދާ ޖަރީމާތަށް ހުއްޓުވުމަކީ ސަލާމަތީ ބާރުގެ ވާޖިބެއްކަމަށާ ފުލުހުންނަކީ ޒިންމާދާރު އަދި ގާނޫނީ ވާޖިބު އަދާ ކުރާބަޔަކަށް ވެގެންމެނުވީ މިރާއްޖޭގެ އަމާންކަމާ މަސްލަޙަތު ޙިމާޔަތްނުކުރެވޭނެކަމުގައެވެ.

އިދި ކޮޅުބައެއްފަރާތް ތަކުން ސަރުކާރާ ރައްޔިތުންގެ ބޮލުގައި ދީނާޚިލާފް އިލްޒާމްތަކެއް އަޅުވަމުން ދާ ދިއުމަކީ ރާއްޖޭގެ ޅަޖީލަށް އޭގެ ނުރަނގަޅު އަސަރު ކުރާނޭ ކަމެއް ކަމަށާ އެފަރާތްތަކުގެ ޙަގީގީ އަމާޒަކީ މިރާއްޖޭގައި ދިނީ ބައި ބައިވުންތަށް އުފައްދާ އިސްލާމްދީން ފޮހެލުން ކަމުގައި މޫސަވަނީ ތުހުމަތު ކުރައްވާފައެވެ.

މިކަމުގެ ހެކިދައްކަވަމުން މޫސަ ވިދާޅުވީ ވިދާޅުވީ ޒަމާނުއްސުރެ ވެރިކަން ބަދަލު ކުރުމަށްޓަކާ އިދިކޮޅުފަރާތްތަކުން ރައްޔިތުނގެ ވިސްނުން ބަދަލުކޮށް ސަރުކާރުން މަސައްކަތް ކުރަނީ ރާއްޖޭގައި އެހެންދީންތަކަށް އުޅުމުގެ މިނިވަންކަން ހޯދައި ދޭންކަމަށް ރައްޔިތުމީހާގެ ހިތަށް ވައްދައި ދޭންކަމަށާ މިކަމުގެ ސަބަބުން ހަލާކުވާނީ އަޅުގަނޑުމެން ނޫންކަން ފާހަގަ ކުރައްވަމުން މޫސަ ވިދާޅުވީ މިކަމުގެ ޙަގީގީ ގެއްލުން ލިނބިގެން ދަނީ އަންނަނިވި ޅަ ޖީލަށްކަމުގައެވެ.
އެހެންކަމާއެކު މި ނުރައްކާތެރި ޖަރީމާ ހިންގުމުގެ ފުރުޞަތު ވަގުތުން ވަގުތަށް ހުއްޓުވުމަށް ކަމާބެހޭ އެންމެހައި ފަރާތްކަށް އެމްޑީޕީގެ ޗެއަރ ޕާސަން ވަނީ ރޭގެ ޖަލްސާގައި އިލްތިމާސްކުރައްވާފައެވެ،