ގުއަޓަމާލާގެ ރައީސް ކަމަށް އަލަށް އިންތިޚާބުވެވަޑައިގެންނެވި އޮޓޯ ޕެރެޒް މޮލިނާއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާ ވިދާޅުވެއްޖެ

guatemala-president-190-x-170hep_small

ގުއަޓަމާލާގައި ބޭއްވި އެ ޤައުމުގެ ޢާންމު އިންތިޚާބު ކާމިޔާބު ކުރައްވައި، ގުއަޓަމާލާގެ ރައީސްކަމަށް އިންތިޚާބުވެވަޑައިގެންނެވި އޮޓޯ ޕެރެޒް މޮލިނާއަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ތަހުނިޔާ ވިދާޅުވެއްޖެއެވެ.

އޮޓޯ ޕެރެޒް މޮލިނާއަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ތަހުނިޔާގެ މެސެޖްގައި، ރާއްޖެއާއި ގުއަޓަމާލާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ރަޙްމަތްތެރި ގުޅުން، ކުރިއަށް އޮތް އަހަރުތަކުގައި އިތުރަށް ބަދަހިވެގެންދާނެ ކަމަށް ދެކެވަޑައިގަންނަވާ ކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ވެސް ގުއަޓަމާލާއަށް އިތުރު ކުރިއެރުމާއި ތަރައްޤީ ލިބުމަށް އެދިވަޑައިގަންނަވަމުން މި މުނާސަބަތުގައި ދިވެހި ސަރުކާރާއި ރައްޔިތުންނާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި، އިޙްލާޞްތެރި ހެޔޮއެދުންތައް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވާފައިވެއެވެ.