އެމްޑީޕީގެ ތިޔަހެނެއް ނުކިޔޭނެ ސިލްސިލާގެ 4 ވަނަ ޖަލްސާ މިރޭ އޮންނާނެ

އިބްރާހީމް ރާމިޒް

haruge-dheneh-nukiyeyne-14-01-2012-117

އެމްޑީޕީން “ތިޔަހެނެއް ނުކިޔޭނެ” މި ނަމުގައި ފަށާފައިވާ ފޯރިގަދަ ކެމްޕެއިންގެ ދަށުން ބާއްވާ ސިލްސިލާ ޖަލްސާ މިރޭ ވެސް އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.

މި ޖަލްސާ ގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށް އެ ޕާޓީން އެދެއެވެ.

މިރޭގެ ޖަލްސާ ގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ބައެއް ކޮމިޓީތަކުގެ ބޭފުޅުން ވާހަކަދައްކަވާނެއެވެ.

މި ޖަލްސާ ފެށޭނީ މިރޭ 8.45 ގައެވެ.

މި ސިލްސިލާ އަކީ އެމްޑީޕީގެ މެންބަރުންނަކީ ލާދީނީ ފިކުރުގެ ބައެއް ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުންދާތީ އެއީ ޙަގީގަތެއް ނޫން ކަން ސާބިތުކޮށް، އެ ފަދަ ތުހުމަތުތައް ހުއްޓުވުމަށް އެމްޑީޕީން ފަށާފައިވާ ކެމްޕެއިންއެކެވެ. މި ހާތަނަށް އެމްޑީޕީން ބޭއްވި މި ސިލްސިލާގެ ޖަލްސާތަކުގައި އެ ޕާޓީގެ އިސް ވެރިން ވަނީ އެމްޑީޕީން ރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށްޓަކައި ކުރަމުންދާ މަސައްކަތް ހުއްޖަތާއެކު ދައްކައިފައެވެ. އަދި މި ސިލްސިލާގެ ޖަލްސާތަކަށް ވަރަށް ބޮޑު ތަރުހީބެއް ލިބެމުންދާ ކަން ވަނީ ފާހަގަކުރެވިފައެވެ.

މިރޭގެ ޖަލްސާ އަކީ މި ސިލްސިލާގެ 4 ވަނަ ޖަލްސާ އެވެ.