“މިހރީ ހަމަ ވިކިފަ. އެކަމަކު ފައިސާއަކަށް ނޫން. ސިޔާސަތަށް”- ޝަބްނަމް.

– ޑރ. ޖަމީލަކީ އެއްވެސް މީހެއް ނޫންކަމަށް ޝަބްނަމް ވިދާޅުވި.

c397de90de97de92de90de8b

އެމް.ޑީ.ޕީ އާއި ގުޅުނީ އެއްވެސް މީހަކު ބުނެގެން ނޫންކަމަށާއި، މިހާރު ރާއްޖޭގައި އޮތް އެންމެ ރަނގަޅު ސިޔާސީ ޕާޓީއަކީ އެމް.ޑީ.ޕީ ކަމުގައިވުމުން އަމިއްލައަށް ފެނިގެން އަދި އަމިއްލައަތުން ފޯމް ފުރައިގެން ގޮސް ޙަވާލުކުރީކަމަށް، ޑީ.އާރު.ޕީގެ ޕޯޑިއަމްތަކުން ފުވައްމުލަކުގައި މަޝްހޫރުވި ޝަބްނަމް ރަޝީދު ވިދާޅުވެއްޖެއެވެ.

“ތިޔަހެނެއް ނުކިޔޭނެ” މި ޝިޢާރުގެ ދަށުން ރޭ ފުވައްމުލަކު މެދު ދާއިރާގެ އޮފީސް ސަރަޙައްދުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަބްނަމް ވިދާޅުވީ މިހާރު އޭނާއަކީ ހަމަ ޙަޤީޤަތުގައިވެސް އެމް.ޑީ.ޕީ ގެ ޝަބްނަމެއްކަމަށެވެ. އިދިކޮޅު ފަރާތްތަކާއެކުގައި އުޅުނު ދުވަސްވަރު އެމީހުނަށްވެސް އިޚްލާސްތެރިވި ކަމަށާއި، ނަމަވެސް ކަމު ނުގޮސްގެންް ދޫކޮށްލާފައި އެމް.ޑީ.ޕީ އާއި ގުޅުމުން ޕާޓީއިން ކީ ހޫނު މަރުޚަބާއަށް ޝުކުރުވެރިވަމުން އިޚްލާސްތެރިކަމާއެކު އެމް.ޑީ.ޕީ އަށް ޚިދްމަތްކޮށް 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޕާޓީގެ ކެންޑިޑޭޓަށް ސަޕޯޓް ހޯދުމަށް ކުރެވެން އޮތް ހުރިހާ މަސައްކަތެއް ކުރާނެކަމަށްވެސް ޝަބްނަމް ވިދާޅުވިއެވެ. އަދި ޕާޓީގެ ބޮލުގައި އިދިކޮޅު ފަރާތްތަކުން އަޅުވަމުން ގެންދާ ދޮގު އިލްޒާމްތަކުގައި އެއްވެސް ޙަޤީޤަތެއް ނެތްކަމަށް ވިދާޅުވަމުން ޑރ. ޖަމީލު ހައްދަވަނީ ހުސްދޮގުކަމަށް ވިދާޅުވެ ޖަމީލަށް ޝަބްނަމް ވަރަށްބޮޑަށް ފާޑުވިދާޅުވިއެވެ.

ގިނަ ޢަދަދެއްގެ މެމްބަރުން ޙާޟިރުވި މި ޖަލްސާގައި ޤައުމީ އިދާރާގެ ސްޓޭޓް ސެކްރެޓަރީ ފަލާޙު ޝަރީފާއި، ކައުންސިލަރުންވެސް އިދިކޮޅު ފަރާތްތަކުން ސަރުކާރަށް ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދެކޮޅަށް ވަނީ ވާހަކަ ދައްކަވާފައެވެ.