އިބްރާހީމް ރާމިޒް
އެމްޑީޕީގެ ތިޔަހެނެއް ނުކިޔޭނެ ސިލްސިލާގެ 3 ވަނަ ޖަލްސާ މިރޭ އެ ޕާޓީގެ ހަރުގޭގައި އޮންނާނެއެވެ.
މި ޖަލްސާ ގައި އެމްޑީޕީގެ ލޮބުވެތި މެންބަރުންނާއި، އެ ޕާޓީއަށް ތާޢީދުކުރައްވާ އަދި ހެޔޮއެދިވަޑައިގަންނަވާ އެންމެހާ ފަރާތްތަކުން ބައިވެރިވެވަޑައިގަތުމަށް އެ ޕާޓީން އެދެއެވެ.
މިރޭގެ ޖަލްސާ ގައި އެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރުންނާއި، ބައެއް ވަޒީރުންނާއި، އެމްޑީޕީގެ ބައެއް ކޮމިޓީތަކުގެ ބޭފުޅުން ވާހަކަދައްކަވާނެއެވެ.
މި ޖަލްސާ ފެށޭނީ މިރޭ 8.45 ގައެވެ.
މި ސިލްސިލާ އަކީ އެމްޑީޕީގެ މެންބަރުންނަކީ ލާދީނީ ފިކުރުގެ ބައެއް ކަމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ބުނަމުންދާތީ އެއީ ޙަގީގަތެއް ނޫން ކަން ސާބިތުކޮށް، އެ ފަދަ ތުހުމަތުތައް ހުއްޓުވުމަށް އެމްޑީޕީން ފަށާފައިވާ ކެމްޕެއިންއެކެވެ.