ތަޢުޒިޔާ ދެންނެވުން: ކަނޑި އަހުމަދު އިސްމާއިލް މަނިކު އަވަހާރަވުމާއި ގުޅިގެން އެމްޑީޕީން ތަޢުޒިޔާ ދެންނެވުން

mdp-logo

އެމްޑީޕީއަށް ގިނަގުނަ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ، އަދި ސަރުކާރުގެ ވެސް އިސް މަގާމުތަކެއް އެކި ދުވަސްވަރު ފުރުއްވި މަޝްހޫރު ވިޔަފާރިވެރިޔާ، ކަނޑި އަހުމަދު އިސްމާއިލް މަނިކު މިއަދު ހެނދުނު ސްރީ ލަންކާގައި އަވަހާރަވުމާ ގުޅިގެން، މި ފުން ހިތާމައިގައި ބައިވެރިވެ، އެމްޑީޕީގެ އެންމެހާ މެންބަރުންނާއި ޕާޓީގެ ޕާލަމެންޓްރީ ގްރޫޕާއި ސެކްރެޓޭރިއަޓް އާއި، ޕާޓީގެ ލީޑަރޝިޕްގެ ނަމުގައި އެ މަރުޙޫމްގެ އާއިލާއަށް ތަޢުޒިޔާ ދަންނަވަމަވެ.

މަރުޙޫމް އަހުމަދު އިސްމާއިލް މަނިކަށް ހެޔޮ ރަޙުމަތް ލައްވައި، އެ މާތް މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް ލެއްވުންއެދި ދުޢާކުރަމެވެ.

މަރުހޫމް އިސްމާއިލް މަނިކަށް ވަނީ ޓޫރިޒަމްގެ ދާއިރާ އިން ހިތްވަރު ދިނުމުގެ އިނާމާއި ޝަރަފުވެރިކަމުގެ އިނާމު ވެސް ލިބިވަޑައިގެންފަ އެވެ.