ސަރުކާރުގެ ބޮލުގައި ދޮގު އިލްޒާމު އަޅުވާފަރާތްތަކާ މެދު ފިޔަވަޅުއަޅާނަން- ޕްރެސް ސެކްރެޓެރީ

ފަހަލަސަޢިދު

ސާބިތުނުހިފޭނެކަމަށް ބެލެވޭ އަދި ޙަގީގަތެއް ނެތްކަމުގައި ކަނޑައެޅިގެން ފާހަގަކުރަވޭ ވާހަކަތައް ހާމަކުރެއްވުން އެއީ ނޫސްވެރިކަމުގެ އަޚުލާގާ ޚިލާފް ކަންތައް ތަކެއްކަމަށާ، އެހެންކަމުން އެފަދަ ކަންކަމާ ދުރުހެލިވުމަށް ރައީސުލްޖުމްހޫރިއަޔާ އޮފީހުގެ ޕްރެސް ސެކްރެޓެރީ މުޙައްމަދު ޒުހައިރު އިލްތިމާސް ކުރައްވައިފިއެވެ.

ރައީސުލް ޖުމްހޫރިއްޔާ އޮފީހުގައި ނޫސްވެރިންނާ ވާހަކަފުޅުދައްކަވަމުން ޒުހައިރު ވިދާޅުވީ ގިނަ ޙާލަތްތަކުގައި އެފަދަ ވާހަކަތައް ވެގެންދަނީ ބޮޑެތިވެގެންވާ ބިދުޢަތަކާ ޖަރީމާ ތަކަކަށް ކަމުގައި ޒުހޭރު ފާގަކުރެއްވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ޒުހައިރު ވިދާޅުވީ މިސަރުކާރުގެ ބޮލުގައި ވަރަށް ބޮޑު ދޮގު ތުހުމަތުތަކެއް އަޅުވަމުން އެބަގެންދާ ކަމަށާ އެކަމަކީ ގާނޫނު އަސާސީއާ ޚިލާފް ޢަމަލެއްކަމުގައެވެ. އަދި މިސަރުކާރުގެ ވެރިންގެ އިސްތަށި ފުޅުގައި ވެސް ސާބިތުނުހިފޭ ދޮގު އިލްޒާމުތަކެއް އަޅުވަމުން ގެންދާ ކަމަށާ އެފަދަ ކަންކަމާމެދު ފިޔަވަޅު ނައަޅުއަވަނީ ފިޔަވަޅު އެޅުއްވޭނޭ ގާނޫނީ ބާރު ނެތިގެންނޫން ކަމުގައެވެ

އެހެންކަމުން މިރާއްޖޭގެ ރައްޔިތުން ވޯޓު ދީގެން ހޮވާފައިވާ ސަރުކާރާރުގެ ބޮލުގައި ދޮގު އިލްޒާމު އެޅުވުމުގެ ގޮތުން ދޮގުވާހަކަ ދައްކަވަމުން ގެންދަވާ ފަރާތްތަކާ އެވާހަކަ ފެތުރުމަށް އެހީވެދޭފަރާތް ތަކާ މެދު ގާނޫނީ ހަމަތަކުގެ މަތިން ފިޔަވަޅު އަޅުއްވާނޭކަމުގައި ވެސް މުޙައްމަދު ޒުހައިރު ވިދާޅުވިއެވެ. ނޫސްވެރިންނާ ވާހަކަދައްކަވަމުން ވާދަވެރި ފަރާތްތަކުން ރައީސުލް ޖުމްހޫރިއްޔާގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނަންގާވާނެ ކަމަށް ބުނެ އިދިކޮޅުފަރާތްތަކުން އެހެން ބުނިނަމަވެސް އެކަމަކީ ގާނޫނީ ގޮތުން އެކަން ކުރެވޭނެ މިންވަރަށް އިދިކޮޅުފަރާތްތަކަށް ވޯޓު ނުހޯއްދެވޭނެ ކަން ނޫސްވެރިޔާ އަށް ކަނޑައެޅިގެން އެނގޭ ޙާލުގައި އެފަދަ ވާހަކަ ދެއްކުމަކީވެސް ރައްޔިތުންގެ މެދުގައި ފިތުނައުފެދިގެންދާނޭ ކަމެއް ކަމުގައި ޕްރެސް ސެކްރެޓެރީ ވިދާޅުވިއެވެ.

އަދި މިރާއްޖޭގައި ދީނުގެ ނަމުގައި ޙައްދުފަހަނައަޅާފައި ވާކަމަށް ބެލެވޭ ބައެއް ޢަމަލުތައް ހިނގާކަމަށާ މިރާއްޖޭގެ ރަށްތައް ގިރާ ކަމަށް ރައީސުލް ޖުމްހޫރިއްޔާ ބޭރުގެ މީޑިޔާތަކުގައި އިތުރުފުޅު ހައްދަވާކަމަށް ގައުމީޕާޓީން ނެރުއްވި ނޫސްބަޔާން ޕްރެސް ސެކްރެޓެރީ މުޙައްމަދު ޒުހައިރު ދޮގުކުރެއްވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ޒުހައިރު ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދާއިރާގެ މެންބަރު އޮނަރަބްލް އަލްއުސްތާޛު މުޙައްމަދު ނަޝީދަކީ މިރާއްޖޭގައި އިންވެސްޓްކުރާންތިބި ބޭރުގެ ޢިއްޒަތް ތެރިންނަށް ހުރި ވަރަށްބޮޑު ބިރެއްކަމުގައި ސިފަކުރެއްވިއެވެ. ދިވެހި ދައުލަތުގެ މަށްޗަށް ބޭރުގެ ފާދިރީންގެ ނުފޫޒު އޮންނަ ކަމަށް ކުރާ ތުހުމަތަކީ ވަރަށް ބޮޑު ދޮގުވާހަކައެއް ކަމަށާ މިފަދަ ބޮޑެތި ދޮގު އެއީ ޙަގީގަތެއްކަމަށް ސިފަވާގޮތަށް ޚަބަރު ފެތުރުމަކީ ބޮޑުވެގެންވާ ޖަރީމާއެއްކަމުގައި ޕްރެސް ސެކްރެޓެރީ ފާހަގަކުރެއްވިއެވެ.

އަދި މިބޮޑުވެގެންވާ ބުހުތާނަކީ ދިވެހިރާއްޖެ އަށް ރައްޔިތުންގެ ވެރިކަމެއް ގެނައުމަށް ރައީސުލްޖުމްހޫރިއްޔާ ނިސްބަތްވެ ވަޑައިގަންނަވާ ޕާޓީ އެމްޑީޕީ އިން މަސައްކަތް ކުރަންފެށި ހިސާބުން މިތުހުމަތު ކުރައްވަމުން ގެންދަވާފައި ވެއެވެ.
މިކަމާ މެދު 2008 ވަނައަހަރު ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑޮކްޓަރ ޙަސަންސަޢީދު ކުރީގެ ސަރުކާރުގައި ހުންނަވައިގެން ކުރައްވާފައިވާ ވަރަށް ބޮޑު ދިރާސާއަކާ ހަވާލާދެއްވާ އެ އަޅުވާ ތުހުމަތު ތަކަކީ ވަރަށްބޮޑު ދޮގު ތުހުމަތެއްކަމުގައި ޚުދު ޙަސަންސަޢީދު ވިދާޅުވެފައިވާ ކަންވެސް ޕްރެސް ސެކްރެޓެރީ ފާހަގަކުރެއްވިއެވެ.