ޕަބްލިކް އެންޓަރޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑުގެ ޗެއަރޕަރސަންގެ ކަމަށް ޝިހާބުގެ ބަދަލުގައި ރާޑޯ ޒާހިރު

raado-zahir

ޕަބްލިކް އެންޓަރޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް މާފަންނު ރަންފަސް ޙަސަން ޒާހިރު (ރާޑޯ ޒާހިރު)، ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.

އެ ބޯޑުގެ ޗެއަރޕަރސަންގެ މަގާމަށް ބޭފުޅަކު މިހަމަޖެއްސެވީ އެ މަގާމުގައި ހުންނެވި މުޙަންމަދު ޝިހާބު، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ކަމުގެ މަގާމަށް ޢައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ޕަބްލިކް އެންޓަރޕްރައިޒަސް މޮނިޓަރިންގ އެންޑް އިވެލުއޭޝަން ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، ހ. ކުރެދިމާގޭ އާދަމް ޢަބްދުލްޣަފޫރާއި، މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބު މުޙަންމަދު މާހިރު ޢީސާއާއި، ތިލަފުށި ކޯޕަރޭޝަން ލިމިޓެޑްގެ މެންބަރ އަލްއުސްތާޛު މުޙަންމަދު ޝަހުދީ އަންވަރާއި، ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑްގެ މެނެޖިންގ ޑިރެކްޓަރ ޝާހިދު ޢަލީއާއި، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީގެ ނައިބު ރައީސް ޢަދްނާނު ޙަލީމެވެ.