ފިއްލަދޫ ގޮނޑި ކާމިޔާބު ކުރި ފަރާތަށް ޕާރޓީގެ ލީޑަރޝިޕުން މަރުހަބާކިޔުން

ހއ ފިއްލަދޫ ކައުންސިލުން ހުސްވެފައިވާ ގޮނޑިޔައް މެމްބަރަކު އިންތިހާބު ކުރުމަށް ބޭއްވި ބައި އިލެކްޝަން ކާމިޔާބު ކުރެއްވި ފިއްލަދޫ ފެންފިޔާޒުގޭ އާދަމް އިނާޒާއި އިންތިހާބުގެ ކަންތައްތަކުގައި އުޅުނު އެއްމެހާ ފަރާތްތަކަށް ޕާޓީގެ ލީޑަރޝިޕުން މަރުހަބާކިޔަމެވެ. ނިމިގެން މިދިޔަ އިންތިހާބު ތަކުން އެމްޑީޕީ ހޯދި ފުރިހަމަ ކާމިޔާބަކީ މިއަދުގެ ސަރުކާރުން ރައްޔިތުންނަށް ބަހަށްޓަވަމުންގެންދަވާ އޯގާތެރިކަމާއި އަޅާލުން ރައްޔިތުން ބަލައިގެންފިކަމުގެ ދަލީލެކެވެ.

2012 ވަނަ އަހަރު ފެށިގެންދިޔައީ އާސަންދަގެ ހިދުމަތާއި އެކު ދިވެހި ރައްޔިތހުންނަށް ސަލާމަތް ސިއްހަތެްގައި ތިބެވޭނެ މަގު ތަނަވަސްކޮށްދެމުންނެވެ. ޑިޔުޓީ ފްރީ އަހަރާއިއެކު ތަކެތީގެ އަގު ތިރިވާނެކަމުގެ ޔަގީންކަން ރައްޔިތުންނަށް ހޯދައިދެމުންނެވެ.އިގްތިސާދީ އާޕްލޭން ތަކާއި އެކު ރައްޔިތުންނަށް ހިނުތުންވުން ހޯދައިދެމުންނެވެ.

ވޯޓު ފޮށިތަކުން މިއަދު ފެނިގެން މިދަނީ، މިކަންކަމުން ރައްޔިތުންނަށްލިބިފައިވާ އުފާވެރިކަމެވެ. ރައްޔިތުން މިއަދުތިބީ މިޕާޓީ އާއި އެކު އަޅުގަނޑުމެންގެ މިއަދުގެ ލޮބުވެތި ރައީސް އަދި މިޕާޓީގެ އިސްލީޑަރ އަލަފާޟިލްމުހައްމަދުނަޝީދު އާއި އެކުކަމެވެ. ރައްޔިތުންގެ ފުރިހަމަ ތާއީދާއި އިތުބާރު މިސަރުކާރަށް ލިބިފައިވާކަމެވެ. ވޯޓުފޮށީގެ ނަތީޖާއަކީ ރައްޔިތުން އެދޭގޮތްކަމަށް މިޕާރޓީން އަބަދުވެސް ގަބޫލުކުރަމެވެ.

ރައްޔިތުންގެ ހައްގުގައި އިހްލާސްތެރިކަމާއި އެކު މަސައްކަތްކޮށް، މިސަރުކާރުން ރައްޔިތުންނަށް ޓަކައި ކުރަމުން މިދާކަންތައްތައް ވީހާވެސް ގާތުން އަވަސްކަމާއި އެކު ފޯރުކޮށްދިނުމަށް ފިއްލަދޫ ކައުންސިލްގެ ގޮނޑި ކާމިޔާބުކުރެއްވި އާދަމްއިނާޒުގެ ކިބައިން މިޕާޓީގެ ލީޑަރޝިޕުން އެދިލެއްވިއެވެ. އަދި ނިމިގެން ދިޔަ ތިން އިންތިހާބުގައި ޕާޓީން ހޯދި ކާމިޔާބު ކުރިޔައް އޮތް އިންތިހާބު ތަކުގައިވެސް ހޯދުމަށް ޕާރޓީގެ ލީޑަރޝިޕުން ގޮވާލައެވެ.