އިބްރާހީމް ރާމިޒް
އެމްޑީޕީގެ ޤާނޫނީ ކޮމިޓީގެ މުޤައްރިރަކަށް ޤާނޫނީ ވަކީ ލު އަޙްމަދު އަބްދުﷲ އަފީފް އަދި ނައިބު މުޤައްރިރަކަށް ޤާނޫނީ ވަކީލުކަން ކިޔަވާ ދަރިވަރެއް ކަމަށްވާ އަޙުމަދު މައުރޫފް ހޮވިއްޖެއެވެ.
މިއަދު ބޭއްވި ޤާނޫނީ ކޮމިޓީގެ އިފްތިތާޙީ ޖަލްސާ ގައި އަފީފް އާއި މައުރޫފް ވެސް ހޮވިފައިވަނީ ކޮމިޓީއަށް ހާޒިރުވި ކޮމިޓީގެ 6 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ކޮމިޓީ އިފްތިތާޙްކޮށްދެއްވީ އެމްޑީޕީގެ ޗެއަރޕާސަން ނައިބު (މާލީ) އަޙުމަދު މައުސޫމް އެވެ.