ނިއުރޭޑިއަންޓްގެ ޗެއާމަންގެ މަޤާމަށް ޢަލީ ވަހީދު ހޮވިވަޑައިގެންފި

އިބްރާހީމް ރާމިޒް

ali-waheed-football-450-x-299

ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބު (ނިއު) ގެ ޗެއާމަން ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ މެންބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ތޮއްޑޫ ދާއިރާގެ މެމްބަރު އަލީ ވަހީދު ރޭ ހޮވިވަޑައިގެންފި އެވެ.

ޒުވާނުންގެ މަރުކަޒުގައި ރޭ ބޭއްވި ނިއުރޭޑިއަންޓުގެ އަހަރީ އާންމު ޖަލްސާގައި ކުލަބްގެ ޗެއާމަންގެ މަޤާމަށް 2009 ވަނަ އަހަރު ނިއުގެ މެނޭޖަރުކަން ވެސް ކުރައްވާފައިވާ ޢަލީ ވަޙީދު ހޮވި ވަޑައިގެންނެވީ އޭނާ އެކަނި އެމަގާމަށް ކުރިމަތިލައްވާފައިވާތީ، ވޯޓަކަށް ނުގޮހެވެ.

ކުރިއަށް އޮތް ހަތަރު އަހަރަށް އެކުލަބްގެ އެގްޒެކެޓިވް ކޮމެޓީގެ ހަ މަގާމަށް ކުރިމަތިލި ހަ ބޭފުޅުން ވެސް ރޭގެ ޖަލްސާ ގައިވަނީ ހޮވާފައެވެ. މި 6 ބޭފުޅުންވެސް ހޮވިފައިވަނީ އިތުރު ބޭފުޅުން ކުރިމަތިލައްވާފައިނުވާތީ ވޯޓަކަށް ނުގޮހެވެ.