ފައިނޭންސް ކޮންޓްރޯލަރ ކަމަށް މުޙަންމަދު އަޙްމަދު ޢައްޔަން ކުރައްވައިފި

mohamed-ahmed-450-x-304

ފައިނޭންޝަލް ކޮންޓްރޯލަރ ކަމުގެ މަގާމަށް ހެންވޭރު އިރުވައި މުޙަންމަދު އަޙްމަދު މިއަދު ޢައްޔަން ކުރައްވައި، އެމަނިކުފާނަށް މަގާމުގެ ފަތްކޮޅު ދެއްވައިފިއެވެ. ފަތްކޮޅު ދެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މުޙަންމަދު އަޙްމަދު، މި މަގާމަށް ޢައްޔަން ކުރެއްވީ، ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ. އޭނާ މިހާތަނަށް ހުންނެވީ، މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީގެ ނައިބު ކަމުގެ މަގާމުގައެވެ.