މިސައިޓްގެ އެންމެހާ އަހުލު ވެރީންނަށް އުފާވާ ރާއްޖެއަކުން މަރުޙަބާ ދަންނަވަމެވެ

ފަހަލަސަޢީދު

މިރާއްޖޭގެ ރައްޔިތުންގެ އަޅުވެތިކަމުގެ ވިސްނުން ބަދަލުކޮށް މޭ ދައްކާލުމުގެ ހިތްވަރު ރައްޔިތުންނަށް ހޯއްދަވައި ދެއްވި ބާނީ ގ. ކެނެރީގޭ މުޙައްމަދު ނަޝީދަށް ޝުކުރުނުދަންނަވާ ނުލާ މިވާހަކަ ދެންނެވުމަކީ ވަރަށް ބޮޑު ކުށަކަށް ވާނެއެވެ.

ރައްޔިތުންގެ ބޯމަތީގައި އެމަނިކުފާނު އެވަނީ ވިދާޅުވިފަދައިން ރައްކާތެރި ކަމުގެ ދަލެއް ފަތުރާލާފައެވެ. މުސްކުޅިވެ ގައިބާރު ދެރަވީދުވަހު ބަދިގޭ ފެންޑާގެ ކޮޅުގޮނޑީގައި އެއްލާލެވިފައި ތިބި މުސްކުޅިންނަށް އުފާވެރި މުސްތގްބަލެއް ހޯދައިދެވިއްޖެކަމުގެ އުފާ ލިބެނީ އެމަންޒަރު ލޮލަށް ފެނުމުންނެވެ. ހުވަފަތް ވެފައިތިބި އެކަނިވެރި މައިންންނާ އެތަށް ކުޑަކުދީން ބަލަންޖެހިފައިވާ އެކަނިވެރިމައިން ގެ ދެލޮލުންފާއިބަމުން ދިޔަ ކަރުނަތައް ފޮހެލަދެވުނީތީ ލިބުނުއުފާތަކަކީވެސް ކުޑަ އުފަލެއް ނޫނެވެ، ހަމައެހެންމެ އަޅާލާނެ ބަލަދުވެރިޔަކު ނެތް ޔަތީމު ކުދިންނާ ޚާއްޞައެހީއަށް ބޭނުންވެފައި ތިބި މީހުނާ، ނުކުޅެދޭ ފަރާތްތަކަށް ޙިމާޔަތާ އިނާޔަތް އަދި އަސާސީ ޕެންޝަނެއް ސަރުކާރުގެ ބަޖެޓުން ފޯރުވައިދެވޭތީ ލިބޭ އުފަލަކީ އަދި މާބޮޑު އުފަލެކެވެ. ޖެހިގެން އޮތް ރަށަށް ދިއުމަށް ދެހާސް ރުފިޔާ ނުލިބި ކަންބޮޑުވެފައި ވަނިކޮށް ޖެހިގެން އޮތް ރަށަށް 10 ރުފިޔާ ދީގެން ދެވޭގޮތް ހަދައިދިންފަރާތަކީ އޯގާވެރިފަރާތެއް ނޫނޭ ބުނެވޭނީ ކޮންދުލަކުން ބާއެވެ.

ގައުމީ އެއްވެސް ކަމެއްގައި ޚިޔާލު ފާޅުކުރުމަކީ މުޅިޢުމުރު ޖަލުގައި ހޭދަކުރަން ޖެހޭނެކަމެއްކަން ދެކެ ދެނެތިބި އެނަމެހައި އަޚުންނާ އުޚުތުންނޭ ނިކަން ބުނެބަލާށެވެ. ތިބާ އަށް ބުނެވޭ ބަހަކުން ނުވަތަ ބަލާލެވޭގޮތަކުން ޖަލުތަކުގައި ވާނުވާ ނޭނގި ލިބެމުންދިޔަ ވޭނީ އަނިޔާތަކުގައި ފުރާނަ ދުއްވާލީ ކިތަށް ޒުވާނުންތޯއެވެ. ޒިންމާ ނަންގަވަން ޖެހޭނެއެވެ.
ރާއްޖޭގެ ތާރީޚު ދިރާސާ ކުރައްވާ ބޭފުޅެއްގެ އަރިހުގައި އަހަރަކު އެއްލައްކަ ރުފިޔާ ކޮންމެ ރައްޔިތަކަށް ދީފައިވާ މިނޫން އެއްވެސް ވެރިކަމެއް މިރާއްޖޭގައި ކީއްކުރަންތޯ ދުނިޔޭގައިވެސް އޮތްތޯ ސުވާލުކޮށްފިނަމަ ވިދާޅުވާންޖެހޭނީ ނެތެވެ. އެހެންކަމުން މިއީ ދިވެއްސަކަށް ލިބޭ އެންމެ ބޮޑު އުފާކަމުގައި މެނުވީ ނުވާނެއެވެ.

މިރާއްޖޭގެ ރައްޔިތުންނަށް ގޯތިދޫކުރާ އެއްވެސް ފަރާތަކުން އެބިމުގައި ބިންވެރިމީހާއަށް ގެއެއް އެޅޭތޯ ނުވަތަ ނޭޅޭތޯ ނުބައްލަވައެވެ. އެހެންކަމުން ރައްޔިތުމީހާ މުސްކުޅިވެ ގައި ބާރު ދެރަވާ ފަހުން ގެ ހިޔާކޮށްލެވި ދިރިއުޅެން ބަލާއިރު ދަރީން ބޮޑެތިވެ ގޯތީގެ ޖާގަ ހުސްވެ މުޅިއާއިލާ ކުޑަތަންކޮޅަކަށް ފިޓްކުރަން އުޅެން ޖެހުމުން މުޅިގައުމުގެ އިޖްތިމާޢީ ފޭރާން ވީދިފައިވަނިކޮށް ގޯތި ދިނުމުގެ ބަދަލުގައި ގެއަޅާފައި ރައްޔިތުމީހާގެ އަތަށް ތަޅުދަނޑި ހަވާލުކުރާ ނިޒާމު ﷲ މިއުންމަތުގައި ލެއްވީތީ ﷲ އަށް ޙަމްދުކުރަމެވެ.

ސައިޓުގެ އަހުލުވެރީންނޭ! ވިސްނަވާށެވެ.

ތިޔަބޭފުޅުން އިންޞާފަށް ލޯބިކުރައްވާނޭކަމާ މެދު އަޅުގަނޑު ދެކޮޅެއް ނޫނެވެ. އަޅުގަނޑު ގެ ސުވާލަކީ ރައްޔިތުންނަށް ފައިދާ ބޮޑީ ކުރީގެ ސަރުކާރު އޮތުމުން ތޯ ނުވަތަ މިސަރުކާރު އައުމުންތޯއެވެ. މިސަރުކާރު އައުމުން ކަމަށް ގަބޫލުފުޅުކުރައްވާ ބޭފުޅުންނާ ކުރީސަރުން ކަމަށް ގަބޫލުކުރައްވާ ބޭފުޅުން ވިސްނެވުމަށްފަހު އިޚުލާޞްތެރިކަމާއެކު އަމިއްލައެދުން އެއްފަރާތްކޮށް ރައްޔިތުންނަށްޓަކާ ޙައްގުބަސް ބުނެދެއްވާށެވެ.

އަޅުގަނޑު މެން ދެކެންބޭނުންވަނީ އުފާވެރި މިނިވަން ތަނަވަސް ދިވެހިރާއްޖެ އެކެވެ. އެންމެތަކުން ވެރިކަމާދިމާ ކުރަން ވެއްޖެނަމަ ކުރިމަތިވާ އުދަގޫތަކުގެ ޕަނިޝްމަންޓް ނުދީ ހިފަހައްޓައެއް ނުލެވޭނެއެވެ. ސަބަބަކީ މިރާއްޖޭގެ ރައްޔިތުންނަށް މިރާއްޖޭގައި އުފާފާގަތިކަން މަތީގައި ދެމިތިބުމުގެ ޙައްގު އޮތަތީ ރައްޔިތުން އެޙައްގުން މަޙުރޫމު ވިޔަނުދިނުމަށްޓަކައެވެ.

ސައިޓުގެ އަހުލުވެރީންނޭ! އަހަރުވެސް ނިމި މީލާދީ އާހަރަކާ ކުރިމަތި ލާއިރު މާޒީގެ ހަނދާންތަކާ އިޙުސާސްތަށް ބޭރުކޮށްލުމަކީ ރައްޔިތުންގެ މައުލޫމާތު ދިރިހުރިކަމުގެ ހެއްކަކަށް ވާނެއެވެ. އެހެން ކަމުން އަދިވެސް ކުރީގެ ބިރުތައް ނުފިލާ ކަމުގެ އަޙުސާޞްވެއެވެ. އޭގެ އެންމެބޮޑު ސަބަބެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ ކުރީޒަމާނުގައި ކުށް އުފައްދާ ބަޔަކީ ސިފައިން ނުވަތަ ފުލުހުންކަމަށް ވީހިނދު އޭރުގެ ބައެއް ބޮޑުން އެޕަވަރުގައި އެރޫޙުގައި އެމަގާމުތަކުގައި ތިއްބަވާތީ އެބޭފުޅުންގެ މައްޗަށް އިތުބާރު ނެތުމުން ގަންނަ ބިރެއްކަމަށެވެ.

މިއީ އަޅުގަނޑުގެ އިޙުސާސެވެ. މިނިވަން އަނެއްދިވެހި ރާއްޖެ އަޅުގަނޑު މެންނަށް ލިބޭނީ އަނިޔާވެރި ގޭންގްތައް ހިންގާ ފަރާތްތައް ހިފާ ހައްރުކޮށް ގެން ކަމީ ދެބަހެއް ނެތް ޙަގީގަތެކެވެ.