އިބްރާހީމް ރާމިޒް
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮންސެޕްޓް އެޑްވައިޒަރ ކަމަށް ގަލޮޅު ބެމްބޫ އަޙްމަދު ޢައްބާސް،ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ޢައްޔަން ކުރައްވައިފިއެވެ.
މަޝްހޫރު ޅެންވެރިޔާ ޑޭޒީމާގޭ އާމިނަތު ފާއިޒާގެ ބޭފުޅެއް ކަމަށްވާ އަޙުމަދު ޢައްބާސް އަކީ ކާޓޫނު ކުރައްސަވައިގެން ވަރަށް ބޮޑު މަޤްބޫލު ކަމަކާއި މަޝްހޫރު ކަމެއް ހޯއްދަވާފައިވާ ބޭފުޅެކެވެ. ޚާއްސަކޮށް ކުރީގެ ޚުދުމުޚްތާރު ވެރިކަމާ ދެކޮޅަށް އަޙުމަދު އައްބާސް، ޚާއްސަކޮށް ކުރެހުމުގެ ފަންނުގައި ކުރެއްވި މަސައްކަތްތަކުގެ ސަބަބުން އޭނާ އަކީ އިސްލާޙަށް މަސައްކަތްކުރި ފަރާތްތަކުގެ މެދުގައި ވަރަށް މަޤްބޫލު ބޭފުޅެކެވެ.
އަޙްމަދު ޢައްބާސް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ކޮންސެޕްޓް އެޑްވައިޒަރ ކަމަށް އިސްކުރެއްވީ ސްޓޭޓް މިނިސްޓަރ ފެންވަރުގައެވެ.