ފިނޭންސް ހިންގެވުން ހައުސިންގ މިނިސްޓަރ މުޙަންމަދު އަސްލަމާ ރައީސުލްޖުމްހޫރިއްޔާ ޙަވާލުކުރައްވައިފި

މިނިސްޓަރ އޮފް ފިނޭންސް އެންޑް ޓްރެޜަރީ އަޙްމަދު އިނާޒް އިސްތިޢުފާ ދެއްވުމާ ގުޅިގެން، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީ ވަގުތީގޮތުން ހިންގެވުން މިނިސްޓަރ އޮފް ހައުސިންގ އެންޑް އެންވަޔަރަންމަންޓް މުޙަންމަދު އަސްލަމާ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އިއްޔެ ޙަވާލުކުރައްވައިފިއެވެ.