ހޯރަފުށީ ދާއިރާ މެކުހަށް މި ނަމުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއް ހޯރަފުށީ ގައި ބާއްވަނީ

އިބްރާހީމް ރާމިޒް

hep-hoarafushiއެމްޑީޕީގެ އެންމެ އިސް ލީޑަރު އަދި ރައީސުލް ޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ހޯރަފުށިން މަރުޙަބާ ދަންނަވަނީ

އެމްޑީޕީ ހޯރަފުށީ ދާއިރާ މެކުހަށް މި ނަމުގައި ބާއްވާ ޚާއްސަ ރަސްމިއްޔާތެއް މާދަމާ ރޭ ހޯރަފުށީ ގައި ބާއްވާ ގޮތަށް އެމްޑީޕީ ހޯރަފުށީ ދާއިރާ އޮފީހުން ހަމަޖައްސައިފިއެވެ.

ހޯރަފުށީ ބަނދަރު ސަރަހައްދުގައި މާދަމާރޭ ބާއްވާ މި ޚާއްސަ ރަސްމިއްޔާތުގައި އާ އަހަރު ފެށުމާއި ދިމާކޮށް އެމްޑީޕީ ސަރުކާރުން ެރައްޔިތުންނަށް ފޯރުކޮށްދިނުމަށް ހަމަޖެހިފައިވާ ހުރިހާ ރައްޔިތުންނަށް ހިލޭ ބޭސް ފަރުވާކުރުމުގެ ނިޒާމް ކަމަށްވާ އާސަންދަ އާއި، އާ އަހަރުން ފެށިގެން ހުރިހާ ބާވަތަކުންހެން ޑިއުޓީ މަޢާފްކުރުން ފާހަގަކޮށް، ސަރުކާރުން މިހާތަނަށް ހޯދާފައިވާ ކާމިޔާބީތައް ދައްކުވައިދޭ ވީޑިއޯ ކްލިޕްތައް ބޮޑު ސްކްރީނުގައި ދައްކާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެމްޑީޕީ ހޯރަފުށީ ދާއިރާގެ ރައީސް މައުމޫނު ޢަބްދުލް ލަތީފް ވިދާޅުވިއެވެ.

” މާދަމާ ރޭ އަޅުގަނޑުމެން މި ފާހަގަކުރަނީ އާ އަހަރު ފެށުމާ ގުޅިގެން ސަރުކާރުން ރައްޔިތުންނަށް މުހިއްމު 2 ކަމެއް ކޮށްދިނުން. އެއީ އާސަންދަ ޕްރޮގްރާމާއި، ޑިއުޓީ މަޢާފްކުރުން. އަދި އޭގެ އިތުރުން ވެސް މިހާތަނަށް ސަރުކާރުން ހޯދާފައިވާ ބޮޑެތި ކާމިޔާބީތައް އަޅުގަނޑުމެން 3 ޕްރޮޖެކްޓަރު ބޭނުންކޮށްގެން ބޮޑު ސްކްރީން މެދުވެރިކޮށް، ވީޑިއޯ ކްލިޕްތަކުގެ ގޮތުގައި ދައްކާނަން. ހަމަ މި ރަސްމިއްޔާތުގަ އެމްޑީޕީގެ މުޅިން އާ ލަވައެއް ވެސް ރިލީޒްކުރުން އޮންނާނެ. އަދި ބޮޑިބަތް ވެސް އޮންނާނެ.” މައުމޫން ވިދާޅުވިއެވެ.

މައުމޫން އިތުރަށް ވިދާޅުވީ މާދަމާ ރޭ 8 ން ފެށިގެން 11 ޖަހަންދެން ކުރިޔަށް ގެންދާ މި ރަސްމިއްޔާތުގައި ހޯރަފުށީ ދާއިރާ ގައި ހޯރަފުށީގެ އިތުރުން ދެން ހިމެނޭ ދެ ރަށް ކަމަށްވާ ތުރާކުނާއި، އުލިގަމުން ވެސް އެމްޑީޕީގެ މެންބަރުން ބައިވެރިވާނެއެވެ. އަދި އެމްޑީޕީން ފަށާފައިވާ މެންބަރަކު މެންބަރެއް މި ކެމްޕެއިންގެ ދަށުން އެ ޕާޓީއަށް މެންބަރުން އިތުރު ކުރުމުގެ މަސައްކަތް ވެސް މި ރަސްމިއްޔާތުގައި ކުރިޔަށް ގެންދާނޭ ކަމަށް މައުމޫން ވިދާޅުވިއެވެ.