އެމްޑީޕީގެ 77 ދާއިރާގައި ބޭންކް އެކައުންޓް ހުޅުވުމަށް އެޕާޓީން ހަމަޖައްސަވައިފި

ފަހަލަސަޢީދު

ރާއްޖޭގެ އެންމެހާ އިދާރީ ދާއިރާތަކުގެ ބޭންކް އެކައުންޓް ހުޅުވުމާއިބެހޭ ގޮތުން ފާސްކުރެވިފައިވާ ގަރާރުގައިވާގޮތަށް 77 ދާއިރާގައި ބޭންކް އެކައުންޓް ހުޅުވުމަށް އެމްޑީޕީއިން ހަމަޖައްސައިފިއެވެ.

ދިވެހިރާއްޖޭގެ އިދާރީދާއިރާތައް ލާމަރުކަޒީ އުޞޫލުން ހިންގާންފެށުމާ ގުޅިގެން އެދާއިރާތަކުގެ ހިންގުން ހަރުދަނާކުރުމަށްޓަކާ ކޮންމެ ދާއިރާއެއްގައިވެސް ބޭންކް އެކައުންޓެއް ހުޅިފައި އޮތުމަކީ އެދާއިރާތަކަށް ޕާޓީގެ ފަރާތުންންނާ އަދި އެނޫން ފަރާތްތަކުން ލިބޭ ފައިސާ ދާއިރާގެ އެކިއެކި ޙަރަކާތްތައް ހިންގުމަށް ދެފުށް ފެނިގެންދާނޭ ކަމެއް ކަމަށް ގައުމީ މަޖިލީހުން ދެކެވަޑައިގަންނަވާތީ ރާއްޖޭގެ އެންމެހައި އިދާރީ ދާއިރާތަކާ މަޝްވަރާ ކޮށް ހަމަހަމަ އުޞޫލެއްގެ ދަށުން އިސްވެ ދެންނެވުނު ބޭންކް އެކައުންޓްތައް ހުޅުވުމަށް އެމްޑީޕީއިން ވަނީ ނިންމަވާފައެވެ.

އެމްޑީޕީގެ ރައީސް ޑރ. އިބްރާހިމްދީދީ ވިދާޅުވެފައިވާ ގޮތުގައި ރާއްޖޭގެ ދާއިރާތަކުގައި ގާއިމްކުރެވޭ އެމްޑީޕީގެ އޮފީސްތަކަށް ޕާޓީގެފަރާތުން ކޮންމެވެސް މިންވަރެއްގެ ފައިސާގެ އެހީތެރިކަމެއް ލިބިގެންދާނެއެވެ.

އެހެންކަމުން މިވަސީލަތް ގާއިމުވެފައި އޮތުމުން އެއީ އިތުރު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމެއްކަމުގައި ގަބޫލުކުރެވެއެވެ.
އަދި ޕާޓީގެ އެކި އެކި ހާރަކާތްތައް ހިންގުމުގައިވެސް އިތުރު ފަސޭހަތަކެއް ލިބިގެންދާނެއެވެ.